ކ. މާލެ
|
26 މެއި 2020 | އަންގާރަ 06:16
ކުވައިތުގެ އެއަރޕޯޓެއްގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ކުވައިތުގެ އެއަރޕޯޓެއްގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ކުވައިތުގެ ހާލަތު
މެއި 30ގެ ފަހުން ކުވައިތުގައި އިއުލާން ކޮށްފައިވާ ކާރފިއުގެ މުއްދަތު އިތުރެއް ނުކުރާނެ
ކާފިއު ހިންގިނަމަވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި ހުންނާނެ
މެއި 30ގެ ފަހުން ކާރފިއު މުއްދަތު އިތުރު ނުކުރާނެ
ކާރފިއު އިއުލާން ކޮށްފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހު

ކުވައިތުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް އިއުލާން ކޮށްފައިވާ 24 ގަޑިއިރުގެ ކާރފިއުގެ މުއްދަތު އިތުރު ނުކުރާނެކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ކުވެއިތުގެ އިންޓީރިއަރ މިނިސްޓަރާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވާގޮތުން މެއި މަހުގެ 30ށް ފަހު އެ ގައުމުގައި އިއުލާން ކޮށްފައިވާ ކާރފިއު ގެ މުއްދަތު އިތުރު ނުކުރާނެ އެވެ. ހޯމަ ދުވަހު ކުވައިތުގެ 838 މީހަކަށް ވައިރަސް ޖެހިފައި ވާއިރު އެ ގައުމުން މިހާތަނަށް ޖުމުލަ 21،967 މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާއިރު ޖުމުލަ 165 މީހަކު ވަނީ މަރުވެފަ އެވެ. އަދި 6،621 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއު ހިންގަމުން ދާއިރު ފްލައިޓުތައް ވަނީ މެދުކަނޑާލާފަ އެވެ. އަދި ގިނައިން މީހުން އެއްވެ އުޅޭ ތަންތަން ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން، ކާފިއު ހިންގި ނަމަވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި ހުންނާނެ އެވެ. އެހެންނަމަވެސް އެތަކެތި ގަތުމަށް މީހުންނަށް ޖެހޭނީ ދުރާލާ އެޕޮއިންޓްމަންޓް ހައްދާށެވެ. އަދި ކޮންމެ ގެއަކުންވެސް ބޭރަށް ނިކުމެވޭނީ އެކަކަށެވެ. ބޭރަށް ނިކުންނައިރު އެމީހުން ތިބެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި ހިނގާލުމަށް ހަވީރު 430ން 630ށް ނިކުމެވޭއިރު ދުއްވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެ އެވެ. މީގެއިތުރުން ނޫސްތައް ޕްރިންޓް ކުރުން ހުއްޓާލާފައި ވާއިރު ގޭގެއަށް ޑެލިވަރ ކޮށްދޭނީ ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި ބޭހެވެ.

މިކަމާއި ގުޅިގެން ގިނަ ދަތިތަކާއި ކުރިމަތި ވަމުންދާކަން އެޤައުމުގެ ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.

- ކޮމެންޓް