ކ. މާލެ
|
26 މެއި 2020 | އަންގާރަ 00:57
ދުބާއީ މޯލްއެއް - ކޮވިޑް-19އާ ގުޅިގެން ހުރިހާ ވިޔަފާރިތަކެއް ބަންދުކޮށްފައިވޭ
ދުބާއީ މޯލްއެއް - ކޮވިޑް-19އާ ގުޅިގެން ހުރިހާ ވިޔަފާރިތަކެއް ބަންދުކޮށްފައިވޭ
ފޭސްބުކް
ދުބާއީގައި ވިޔަފާރީގެ ޚިދުމަތް ދިނުން
ދުބާއީގައި ވިޔާފަރީގެ ޚިދުމަތް ވަކި ވަގުތުތަކެއްގައި ދިނުމުގެ ހުއްދަ ސަރުކާރުން ދީފި
ޖިމްތަކާއި ސިނަމާތައް ވެސް ހުޅުމުގެ ހުއްދަ ދީފައިވޭ
ޚިދުމަތް ދެވޭނީ ހެނދުނު 6:00ން ރޭގަނޑު 23:00ށް
ޚިދުމަތް ދިނުމަށް ޚާއްސަ އުސޫލަކަށް އަމަލުކުރަން ޖެހޭ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ވިޔާފަރީގެ ޚިދުމަތް ވަކި ވަގުތުތަކެއްގައި ދިނުމުގެ ހުއްދަ ސަރުކާރުން ދީފިއެވެ.

ސަރުކާރުން ހުއްދަދީފައިވަނީ ހެނދުނު 6:00ން ރޭގަނޑު 23:00ށް ވިޔަފާރީގެ ޚިދުމަތް ދިނުމަށްށެވެ. އެގޮތުން ދުބާއީގެ ޖިމްތަކާއި، ސިނަމާތައް އަދި އިތުރު އެހެނިހެން ވިޔަފާރިތައް ހިންގުމުގެ ހުއްދީފައިވެއެވެ. ނަމަވެސް ވިޔަފާރިތައް ހިންގަން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ގައިޑްލައިންއާ އެއްގޮތަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިނިންމުން ނިންމާފައިވަނީ ދުބާއީގެ ސުޕްރީމް ކޮމިޓީ އޮފް ކްރައިސިސް އާއި ޑިޒާސްޓަރ މެނޭޖްމެންޓުން ބޭއްވި ޚާއްސަ ބައްދަލުވުމަކަށްފަހުއެވެ. މިބައްދަލުވުމުގެ ޗެއަރކަން ކުރައްވާފައިވަނީ ކްްރައުން ޕްރިންސް ޝެއިޚް ހަމްދާން ބިން މުހައްމަދެވެ.

މިކޮމެޓީން ނިންމާފައިވާ ގޮތުގައި ބޭރުގައި އުޅެވޭނީ އަބަދު ވެސް މާސްކް އަޅައިގެންނެވެ. އަދި އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަން ވެސް ޖެހެއެވެ.

- ކޮމެންޓް