ކ. މާލެ
|
25 މެއި 2020 | ހޯމަ 09:00
ވުހާންގެ ރެއިލްވޭ ސްޓޭޝަނެއްގައި ބަޔަކު ފޭސް މާސްކު އަޅައިގެން
ވުހާންގެ ރެއިލްވޭ ސްޓޭޝަނެއްގައި ބަޔަކު ފޭސް މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ވުހާންގައި ދުވާލަކު މިލިއަނަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރޭ
މެއި މަހުގެ 23 ވަނަ ދުވަހު 1,146,156 މީހުން ޓެސްޓް ކުރި
ވޫހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފެށީ މެއި މަހުގެ 14 ވަނަ ދުވަހު
މި ޕްރޮގްރާމްގައި ކުރިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން އަލުން ޓެސްޓް ކުރާކަށް ނުޖެހޭނެ

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންގެ މުޅި އާބާދީ ވައިރަސް އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދުވާލަކު މިލިއަނަކަށްވުރެ ގިނަ މީހުން ޓެސްޓް ކުރަމުންދާ ކަމަށް ވުހާންގެ ހެލްތު އޮތޯރިޓީން ބުނެފި އެވެ.

އެގޮތުން މެއި މަހުގެ 23 ވަނަ ދުވަހު 1,146,156 ( އެއް މިލިއަން އެއްލައްކަ ސާޅީސްހަ ހާސް ސަތޭކަ ފަންސާސް ހަ) މީހުން ޓެސްޓް ކުރިއިރު މެއި މަހުގެ 22 ވަނަ ދުވަހު 1،470،950 ( އެއް މިލިއަން ހަތަރު ލައްކަ ހަތްދިހަ ހާސް ނުވަސަތޭކަ ފަންސާސް) މީހުން ޓެސްޓް ކޮށްފައިވާ ކަމަށް ވުހާން އިން ބުނެ އެވެ.

ވޫހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފެށީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ އެ ސިޓީގެ ލޮކްޑައުން އުވާލިތާ މަސްދުވަސް ފަހުން ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި ބަޔަކު ޕޮޒިޓިވްވެ މުޅިން އައު ކްލަސްޓަރ އެއް ފެނުމާއެކު އެވެ.

މި ޕްރޮގްރާމްގައި ކުރިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން އަލުން ޓެސްޓް ކުރާކަށް ނުޖެހޭނެ އެވެ. އަދި މި ޓެސްޓުތައް ހަދަމުންދާ ވަރަކަށް ވައިރަސް އަށް ޕޮޒިޓިވްވާ މީހުންނަށް އެކަން އަންގަމުންދާނެ އެވެ.

ޗައިނާގައި އާދިއްތަ ދުވަހު 11 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ހަށިގަނޑުގައި ވައިރަސް ހުރި ކަމުގެ އަލާމާތެއް ނުފެނި 40 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް