ޗައިނާއަށް ނިސްބަތްވާ އެމެރިކާގެ ނޫސްވެރިއަކު ކުރި ސުވާލުތަކަށް ނުރުހުންވެވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި އެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ސީބީއެފް ނޫސް އެޖެންސީގައި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ވޭޖިއާ ޖެއާންގް ކުރި ސުވާލުތަކަކަށް ނުރުހުންވެ އެމެރިކާގެ ރައީސް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުން ނިންމާލާފައިވާ ކަމަށެވެ.
ނޫސްވެރިއާ ޖިއާންގް، ރައީސް ޓްރަންޕާ ސުވާލު ކުރެއްވީ އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓު ކުރެމުންދާ މިންވަރު އިތުރުކޮށް، އެކަމަށް މާބޮޑު ސަމާލުކަމެއް ދެއްވަނީ ކީއްވެތޯ އެވެ. އަދި ޓެސްޓު ހެދުމަކީ ކޮމްޕެޓިޝަނެއްގެ ގޮތަށް ރައީސް ދެކެލައްވަނީ ކީއްވެތޯ އަހަ އެވެ.
ނޫސްވެރިއާގެ މި ސުވާލަށް ރައްދު ދެއްވާ ޓްރަމްޕް ވިދާޅުވީ ދުނިޔޭގައި ހުރިހާ ދިމާލެއްގައި ވައިރަސްއާ ގުޅިގެން މީހުން މަރުވަމުންދާ ކަމަށާއި، ސުވާލު ކުރިމަތި ކުރަންޖެހޭނީ ޗައިނާއަށް ކަމަށެވެ. މިހެން ވިދާޅުވުމުން ނޫސްވެރިއާ ވަނީ އޭނާއަށް އަމާޒުކޮށް އެހެން ވިދާޅުވި ކީއްވެތޯ އަހާފައެވެ. އަދި މި ސުވާލަށް ޓްރަންޕް ވިދާޅުވީ ތިކަހަލަ ތާކުންތާކު ނުޖެހޭ ސުވާލު ކުރާ މީހުންނަށް ސީދާ ރައްދު ދޭނެ ކަމަށެވެ.
ހޯމަ ދުވަހު ބޭއްވި މިނޫސްވެރިންގެ މިބައްދަލުވުމުގައި އިތުރަށް ނޫސްވެރިއާ އަހާފައިވަނީ ސުވާލަކީ ތާކުންތާކު ނުޖެހޭ ސުވާލެއް ނޫން ކަމަށާއި، ޓެސްޓު ހެދުން އެހާ ބޮޑަށް މުހިންމުވާ ސަބަބުން ސާފުކޮށް ދިނުމަށް އަހާފައި ވެއެވެ. ނަމަވެސް މިސުވާލަަށް ޖަވާބު ނުދެއްވާ އިތުރު ސުވާލެއް އޮތްތޯ އެއްސެވި އެވެ. އަދި އިތުރު ނޫސްވެރިއަކަށް ފުރުސަތު ނުދެއްވާ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަ ދުރަށް ޖެހިވަޑައިގަތެވެ.