ކ. މާލެ
|
5 މެއި 2020 | އަންގާރަ 18:06
ރޮހިންގާ ރެފިއުޖީންތަކެއް ކަނޑުމަތީގައި ބޯޓެއްގައި ތާށިވެފައި
ރޮހިންގާ ރެފިއުޖީންތަކެއް ކަނޑުމަތީގައި ބޯޓެއްގައި ތާށިވެފައި
އަލްޖަޒީރާ
ރޮހިންޔާ ރެފިއުޖީންގެ މައްސަލަ
ކަނޑުމަތިން ފެނުނު ރޮހިންގާ ރެފިއުޖީންތަކެއް ކަރަންޓީން ކުރުމަށް ނިންމައިފި
29 މީހަކު ހިމެނޭ މި ގްރޫއްޕުގައި މައިގަނޑު ގޮތެއްގައި ތިބީ އަންހެނުންނާއި ކުޑަކުދިން
އުޅަނދުގައި ތިބި 29 ރެފިއުޖީން ސައިކްލޯން-ޕްރޯން ރަށުގައި އެކަހެރި ކުރުމަށް ވަނީ ނިންމާފައި

ހަފުތާތަކެއް ވަންދެން ކަނޑުމަތީގައި އުޅުމަށްފަހު ބަންގުލަދޭޝްގައި ބަނދަރުކުރި ރޮހިންގާ ރެފިއުޖީންތަކެއް ބެއި އޮފް ބެންގާލް ކައިރީގައި ވަކިން އޮންނަ ރަށެގައި ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.

ބަންގުލަދޭޝުން ނިންމާފައިވަނީ ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ގެއްލިފައި ތިބުމަށްފަހު ބަނދަރުކުރި އުޅަނދުގައި ތިބި 29 ރެފިއުޖީން "ސައިކްލޯން-ޕްރޯން" ރަށުގައި އެކަހެރި ކުރުމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ކޮކްސަސް ބަޒާރުގައި ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރު އޮތުމާއެކު އެކަމުން ރައްކާތެރިވުމުގެ ގޮތުންނެވެ. މި ރެފިއުޖީންގެ ތެރޭގައި ގިނައިން ތިބީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮކްސަސް ބާޒާރުގައި މިވަގުތު ވެސް މިލިއަނަކަށްވުރެ ގިނަ ރެފިއުޖީން އެބަތިއްބެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން މި ރެފިއުޖީ ކޭމްޕްތައް ފުރަބަންދުކޮށް ބަންގްލަދޭޝް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ކަނޑުމަތީގައި އެތައް ދުވަސްތަކެއް ވަންދެން ތިބުމަށްފަހު ބަންގުލަދޭޝްގައި ބަނދަރުކުރި މި އުޅަނދަކީ ރޮހިންޔާ މުސްލިމުންގެ ތެރެއިން މެލޭޝިއާއިން ފިލައިގެން ނުކުތް ބައެއްކަމަށް މިހާތަނަށް ވަނީ ބެލެވިފައެވެ.

ބަންގްލަދޭޝް ސަރުކާރުން ކަނޑުމަތިވެފަތިބި ރެފިއުޖީން ވަކިރަށެއްގައި ކަރަންޓީނުކުރަން ނިންމާފައި މިވަނީ އެމީހުންނަށް ބަންގްލަދޭޝް ސަރުކާރުން ހިމާޔަތްދިނުމަށް ގޮވާލާ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެޤައުމުގެ ސަރުކާރުން ފިއްތުއްންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.

- ކޮމެންޓް