ކ. މާލެ
|
4 މެއި 2020 | ހޯމަ 21:08
ހަށިގަނޑުތައް އަޅާފައިވާ ވަޅުގަނޑު
ހަށިގަނޑުތައް އަޅާފައިވާ ވަޅުގަނޑު
ހިއުމަން ރައިޓްސް ވޮޗް
އައިއެސްއިން އިންގާފައިވާ ލާއިންސާނީ އަމަލުތައް
އައިއެސް އިން މާރާލާލައިވާ މީހުންގެ ހަށިގަނޑުތައް އުކާލާފައިވާ ވަޅުގަނޑެއް ސީރިއާއިން ފެނިއްޖެ
މިއީ އަލްހުތާ ގޯޖް ނަމަކަށް ކިޔާ ވަޅުގަނޑެއް
މިވަޅުގަނޑުގެ ފުން މިނުގައި ގާތްގަނޑަކަށް 164 ފޫޓު ހުންނާނެ
މިހިސާބަކީ 2013 އިން 2015ށް އައިއެސްއިން ކޮންޓްރޯލް ކުރަމުން އައި ސަރަހައްދެއް

ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސް) އިން މާރާލާލައިވާ މީހުންގެ ހަށިގަނޑުތައް އުކާލާފައިވާ ބޮޑު ވަޅުގަނޑެއް ސީރިއާއިން ފެނިއްޖެއެވެ.

ހިއުމަން ރައިޓްސް ވޮޗްއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިއެސް މީހުން ހައްޔަރުކޮށް، މަރާލާފައިވާ މީހުންގެ ހަށިގަނޑުތަކެއް އަޅާފައިވާ ''އަލްހުތާ ގޯޖް'' ނަމަކަށްކިޔާ ވަޅުގަނޑެއް ސީރިއާއިން ފެނިފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 164 ފޫޓުގެ ފުން ވަޅުގަނޑެކެވެ. ނަމަވެސް މިއަށް ވުރެ ވެސް ވަޅުގަނޑު ފުންވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިވަޅުގަނޑު ފެނިފައިވަނީ ސީރިއާގެ ރައްގާ ސިޓީއާ 85 ކިލޯމީޓަރު ދުރުގައިވާ ހިސާބަކުންނެވެ. މިހިސާބަކީ 2013 އިން 2015ށް އައިއެސްއިން ކޮންޓްރޯލް ކުރަމުން އައި ސަރަހައްދެކެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ އައިއެސްއިން ހިންގާފައިވާ ޖަރީމާތަކާ ދެކޮޅަށް ހެކި ހޯދުމަށްޓަކައި މިވަޅުގަނޑުގައިވާ މީހުންގެ ހަށިގަނޑުތައް ނަގާ ދިރާސާ ކުރުން މުހިންމު ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގައި މަސައްކަތް ކުރާ ދިރާސާކުރާ ފަރާތެއްކަމުގައިވާ ސާރާ ހަޔާލީ ވިދާޅުވީ އަލްހުތާ ގޯޖް އަކީ މީގެ ކުރިން ވަރަށް ގުދުރަތީ ވަރަށް ރީތި ތަނެއް ކަމަށެވެ. ނަމަވެސް މިހާރު އެތަން ވެފައި މިވަނީ ބިރުވެރި ނާމާން ތަނެއްގެ ގޮތުގައެވެ.

ބެލެވޭ ގޮތުގައި އައިއެސްއިން މަރާލި ގިނަ މީހުންގެ ހަށިގަނޑުތައް އުކާލާފައިވަނީ މިވަޅުގަނޑަށް ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައިވެއެވެ.

މިހާރު މިސަރަހައްދަކީ ތުރުކީން ވާގިވެރިވާ ސީރިއަން ނޭޝަނަލް އާރމީގެ ބެލުމުގެ ދަށުގައިވާ ތަނެކެވެ.

- ކޮމެންޓް