ކ. މާލެ
|
4 މެއި 2020 | ހޯމަ 08:22
ސްޕެއިންގެ ބާސެލޯނާގައި ބަންދުކޮށްފައިވާ ފިހާރަތަކުގެ ކުރިމަތިން މީހަކު ހިނގާފައިދަނީ
ސްޕެއިންގެ ބާސެލޯނާގައި ބަންދުކޮށްފައިވާ ފިހާރަތަކުގެ ކުރިމަތިން މީހަކު ހިނގާފައިދަނީ
ސީ.އެން.އެން
ކޮވޮޑް-19، ސްޕެއިން
ސްޕެއިންގެ ބައެއް ވިޔަފާރިތައް ހޯމަ ދުވަހު ހުޅުވަނީ
ސްޕެއިންގައި މިހާތަނަށް 247,122 އެއްހާ ކޭސް ރިޕޯޓުކޮށްފައިވޭ
ފާއިތުވި 24 ގަޑިއިރު 1,533 އާ ކޭސް ރިޕޯޓުކޮށްފައިވޭ
ވިޔަފާރިތައް ހުޅުވުމަށް ހުއްދަދިނީ ގައިޑްލައިނަކަށް އަމަލުކުރުމަށް ޝަރުތުކުރުމަށްފަހު

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގައި އަޅާފައިވާ ފިޔަވަޅުތަކައް ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، ހޯމަ ދުވަހުން ފެށިގެން ބައެއް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދީފިއެވެ.

މަރޗް 14 ވަނަ ދުވަހު ސްޕެއިންގައި ކުއްލި ޙާލަތު އިޢުލާނުކުރެވިގެންދިޔައިރު، އެޤައުމުންދަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

ސްޕެއިންގެ ވިޔަފާރިތައް ހުޅުވުމަށް ހުއްދަ ދީފައިވަނީ އެޤައުމުގެެ ޞިއްޙަތާބެހޭ ވުޒާރާއިން އެކުލަވާލި ގައިޑްލައިނަކަށް ޢަމަލުކުރުމަށް ޝަރުޠުކުރުމަށްފަހުއެވެ.

އެގޮތުން ހޮޓެލްތަކާއި ރެސްޓޯރެންޓްތަކަށް ޚިދުމަތްދެވޭނީ މޭޒުތަކުގެ ޢަދަދު %50 އަށް މަދުކުރުމަށްފަހުއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްފަހު މޭޒުތަކާއި ގޮނޑިތައް ޑިސްއިންފެކްޓުކުރަން ޖެހެއެވެ.

ކުދި ރީޓެއިލް ވިޔަފާރިތަކާއި ކޮމަރޝަލް ވިޔަފާރިތައް ޢާންމުންނަށް ހުޅުވާލެވޭނީ %30 ކެޕޭސިޓީއާއި އެކުއެވެ. އަދި ޚިދުމަތް ދިނުމުގައި އިސްކަމެއް ދޭންޖެހެނީ އުމުރުން 65 އަހަރުގެ މީހުންނަށެވެ.

މީގެއެއިތުރުން، ހެދުން ވިއްކާ ފިހާރަތަކުގެ ފިޓިންގް ރޫމްތައްވެސް ޑިސްއިންފެކްޓު ކުރުމަށް މި ގައިޑްލައިންގައި އިރުޝާދުދީފައިވެއެވެ. އަދި ކޮންމެ ފިހާރައެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މާސްކާއި، އަންގި ފޯރުކޮށްދިނުމަކީ އެ ވިޔަފާރިއެއްގެ ޒިންމާއެއް ކަމަށްވެސް ގައިޑްލައިންގައިވެއެވެ.

ސްޕެއިންގައި މިހާތަނަށް 247,122 އެއްހާ މީހުންނަށް މި ބަލިޖެހުނުއިރު، ފާއިތުވި 24 ގަޑިއިރު 1,533 އާ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

- ކޮމެންޓް