ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 19:12
ކޮވިޑް-19އާ ގުޅިގެން ސައުދީގެ ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން ދަނީ ގިނަ ލުއިތަކެއް ފޯރުކޮށްދެމުން
ރޮއިޓަރސް
ސައުދީ މަސައްކަތްތެރިންނަށް އެހީވުން
ކޮވިޑް-19އާ ގުޅިގެން 319 މިލިއަން ޑޮލަރު ސައުދީގެ މަސައްކަތްތެރިންނަށް ބަހައިފި
މިއީ އެގައުމުގެ ޖެނަރަލް އޯގަނައިޒޭޝަން ފޯ ސޯޝަލް އިންސުއަރެންސްއިން ފޯރުކޮށްދިން އެހީއެއް
މިއެހީ ފޯރުކޮށްދިނީ ނަން ނޯޓު ކުރި މީހުންނަށް

ސައުދީ ސަރުކާރުން 319 މިލިއަން ޑޮލަރަށް ވާ ސައުދީ ރިޔާލު ހަތަރުލައްކައަށް ވުރެ ގިނަ ސައުދީ މަސައްކަތްތެރިންނަށް ބަހައިފިއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ސައުދީ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ތެެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް 1.2 ބިލިއަން ސައުދީ ރިޔާލު (319 މިލިއަން ޑޮލަރު) ބަހާފައިވާ ކަމަށެވެ.

މިއެހީ ފޯރުކޮށްދީފައިވަނީ ސައުދީ އަރަބިއްޔާގެ ޖެނަރަލް އޯގަނައިޒޭޝަން ފޯ ސޯޝަލް އިންސުއަރެންސްއެވެ. އަދި މިފައިސާ ބަހާފައިވަނީ އެހީއަށް ބޭނުންވާ މީހުން ނަން ނޯޓު ކުރުމަށް ހުޅުވާލި ފުރުސަތު ނަން ނޯޓު ކޮށްފައިވާ މީހުންނަށެވެ.

ސައުދީ އަރަބިއްޔާގެ ޖެނަރަލް އޯގަނައިޒޭޝަން ފޯ ސޯޝަލް އިންސުއަރެންސްގެ ގަވަރުނަރު ސުލައިމާން އަލް ގުވައިސް ވިދާޅުވެފައިވަނީ މިފައިސާގެ އެހީ 80 ހާސް ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ހަތަރުލައްކައަށް ވުރެ ގިނަ ސައުދީ ރައްޔިތުން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އެގައުމުގެ ރައްޔިތުންނަށް ލުއިކޮށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކަރަންޓް ބިލްތަކުން 30 އިންސައްތަ އުނި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

- ކޮމެންޓް