ސައްބިރް ޚާން ޕްރޮޑިއުސްކުރާ ފިލްމް ނިކަންމާގެ ޝޫޓިން އަލުން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރިކަމަށް ޝިރްލޭ ސެތިކާ ބުނެފިއެވެ.
ނިކަންމާ އަކީ ސައްބިރް ޚާން ޕްރޮޑިއުސްކޮށް، ޝިލްޕާ ޝެޓީ އަދި އަބީމަންޔޫ ދަސާނީ ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ކުރިން ޝެޑިއުލް ކޮށްފައިވަނީ ޖޫން 5 ގައި ރިލީޒް ކުރާ ގޮތަށެވެ.
ލަވަކިޔުންތެރިޔާ ޝިރްލޭ ސެތިއާ ބުނީ ކޮރޯނާ ވައިރަހާއި ގުޅިގެން އިންޑިއާ ލޮކްޑައުންއަކަށް ދިޔަ އިރު ފިލްމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައި ވާކަމަށެވެ. އިންޑިއާގެ ލޮކްޑައުން ނިމުމާއިއެކު ޝޫޓިންފަށާ ކެމެރާ ކުރިމައްޗަށް އައުމަށް ބޭނުންވެފައިވާކަމަށް އެނާ ބުންޏެވެ.
އަލުން ފިލްމުގެ މަސައްކަތް ކުރިއަށްގެންދަން ޝިރްލޭ ވިސްނަނީ ލޮކްޑައުން ނިމުމުން ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން އެފަދަ ކަންކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. ކުއްލި ގޮތަކަށް ޝޫޓިންގ ހުއްޓާލަން ޖެހުމުން މާލީގޮތުން އެކަމުގެ އަސަރު އެނާއަށް ވަނީ ކޮށްފައެވެ.
މުޅި ފިލްމް އިންޑަސްޓްރީ ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ހުއްޓުމަކަށް އައިސްފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގައުމު ލޮކްޑައުން އަކަށް ގެނެސްފައި ވަނީ މިދިޔަ މާރޗު މަހުގެ 24 ވަނަ ދުވަހުގައެވެ.
ޝިރްލޭ ދަނީ މި ދަނޑިވަޅުގައި ކުރިން ބިޒީވުމުގެ ސަބަބުން ނުކުރެވި ހުރި ބައެއް މަސައްކަތްތައް ވެސް ކުރަމުންނެވެ. މިހާރުވެސް އޭނާގެ ޔޫޓިއުބް ޗެނަލްއަށް ލުމަށް ވީޑިއޯއެއް އެޑިޓް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިއުޒިކްގެ ބައެއް މަސައްކަތްތައްވެސް ކޮށްލެވޭނެ ގޮތެއް ބަލަމުންދާކަމަށް ޝިރްލޭ ބުނެއެވެ.