ކ. މާލެ
|
22 އޭޕްރިލް 2020 | ބުދަ 05:45
އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ)
އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ)
ރޮއިޓަރސް
އިނގިރޭސި ރާނީ އެލިޒަބަތުގެ އުފަންދުވަސް
ރާނީ އެލިޒަބަތުގެ އުފަންދުވަހާ ގުޅިގެން ތުއްޕުޅު އިރުގެ ވީޑިއޯއެއް!
އެއް މިނިޓް ފަސް ސިކުންތުގެ މި ވީޑިއޯގައި އެކަމަނާގެ ހާޔާޔްޕުޅުގެ އެކި ދުވަސްވަރު ފެނިގެންދޭ
ރާނީ އެލިޒަބަތުގެ އުފަންދުވަހަކީ 21 އޭޕްރިލް
ޝާހީ އާއިލާގެ ގިނަ ފަރާތްތަކެއް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމަނާއަށް 94 ވަނަ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައި

ކޮންމެ އަހަރަކު ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވާ، އިނގިރޭސި ރާނީ އެލިޒަބަތުގެ އުފަންދުވަސް މި އަހަރު ފާހަގަ ނުކުރައްވާން ނިންމަވާފައިވާއިރު، އެކަމަނާގެ ތުއްޕުޅު އިރުގެ ވީޑިއޯއެއް ޝާހީ އާއިލާއިން އާންމު ކޮށްފިއެވެ.

ބަޑީގެ ސަލަމާއިއެކު ކުރިއަށް ގެންދާ މި ހަފްލާ ނުބާއްވަވަން ނިންމަވާފައިވަނީ މުޅި ދުނިޔޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުންނެވެ. އަދި މި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޯށްފައިވާ ގައުމުތައް ތެރޭ އިނގިރޭސިވިލާތް ހިމެނޭއިރު، އެ ގައުމުގައި އެކަނިވެސް ކޮވިޑް-19 ޖެހި 17،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން، ރާނީގެ ދަރިކަލުން، ޕްރިސް ޗާލްސްވެސް ކޮރޯނާވައިރަސް ޖެހިވަޑައިގެން މިހާރު ވަނީ ބަލިން ފަސޭހަވެވަޑައިގެންފައެވެ.

ޝާހީ އާއިލާގެ ގިނަ ފަރާތްތަކެއް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމަނާއަށް 94 ވަނަ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ޝާހީ އާއިލާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ވަނީ ރާނީގެ ތުއްޕުޅު އިރުގެ ވީޑިއޯއެއް ޕޯސްޓްކޮށްފައެވެ. އެއް މިނިޓް ފަސް ސިކުންތުގެ މި ވީޑިއޯގައި އެކަމަނާގެ ހަޔާތްޕުޅުގެ އެކު ދުވަސްވަރު ފެނިގެންދެއެވެ.

ރާނީ އެލިޒަބަތުގެ އުފަންދުވަހަކީ 21 އޭޕްރިލްއެވެ.

- ކޮމެންޓް