ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 13:49
ފިޔާ
ފިޔާ
މުހައްމަދު ޝަރުހާން
އެސްޓީއޯ
އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލް ކޮށް ވިއްކަން ފަށައިފި
ހޯލް ސޭލްކޮށް އިންޑަސްޓްރިއަލް ވިލެޖްގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ގުދަނުން މިތަކެތި ލިބެން ހުންނާނެ
އެސްޓީއޯގެ ގުދަން ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފައްޗަށް ކޮންމެ ދުވަހަކު ހެނދުނު 09:00 ން 12:00 އަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ފިޔާ، އަލުވި އަދި ބިހުގެ އައު ސްޓޮކެއް އައުމާއެކު އެސްޓީއޯއިން އެތަކެތި ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައު ސްޓޮކްގެ ތަކެތި ރީޓެއިލްކޮށް އެސްޓީއޯގެ ސުޕަރ މާޓުން އަދި ހޯލް ސޭލްކޮށް އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމުކޮށްފައިވާ އެސްޓީއޯގެ ގުދަނުން ލިބެން ހުންނާނެކަމަށެވެ.

ފިޔާ، އަލުވި އަދި ބިސް ރީޓެއިލް ކޮށް އެސްޓީއޯ ސުޕަމާޓުން ލިބޭއިރު ފިޔާ ވިއްކަނީ ކިލޯއެއް 15 ރުފިޔާ އަށެވެ. އަދި އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ. ބިހެއް ވިއްކަނީ އެއް ރުފިޔާ ފަންސާސް ލާރިއަށެވެ. ހޯލްސޭލްކޮށް މިތަކެތި ވިއްކާ އަގުތަކަކީ ފިޔާ ބަސްތާ އެއް 325 ރުފިޔާ، އަލުވި ބަސްތާ އެއް 250 ރުފިޔާ އަދި ބިސް ކޭހެއް 290 ރުފިޔާ އަށެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯގެ ގުދަން ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފައްޗަށް ކޮންމެ ދުވަހަކު ހެނދުނު 09:00 ން 12:00 އަށެވެ. އަދި މެންދުރު 13:00 އިން 15:15 އަށެވެ. ހުކުރު ދުވަސް ބަންދުވާނެ އެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރައްޔިތުންނަށް ބޭނުންވާވަރަށް މިތަކެތި ލިބެން ހުންނާނެ ކަމަށެވެ.

- ކޮމެންޓް