ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 13:23
ސަންފްރޮންޓް
ސަންފްރޮންޓް
ރާއްޖެއެމްވީ
ކޮވިޑް-19
ސަންފްރޮންޓްގެ ފިހާރަތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސްފި
ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކަށް ބަދަލެއް އަންނަންދެން ފިހާރަތައް ހުޅުވާ ގަޑިތަކަށް ވަނީ ބަދަލު ގެނެވިފައި

ސަންފްރޮންޓްގެ ފިހާރަތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސްއެވެ.

ސަންފްރޮންޓުން ނެފެފައިވާ ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އެޗްޕީއޭގެ ފަރާތުން އަޅަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޕީއޭގެ އިއުލާން ނަމްބަރު 28/2020 ގެ ދަށުން 2 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެންހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައިވާތީ މިކަމަށް އެއްބާރުލުންޑީ ގިނަވަގުތު މުވައްޒަފުންނާއި ކަސްޓަމަރުންވެސް ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އެކުންފުނީގެ ފިހާރަތަކުގެ ވިޔަފާރި ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

މިގޮތުން ހަވީރު 4:30 އިން ފެށިގެން އެކުންފުނީގެ ހުރިހާ ފިހާރަކައި ޑޭލިވަރީތައް ބަންދުވާނެ ކަމަށެވެ. އަދި މި ބަދަލާއި ގުޅިގެން ފިހާރަތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 16:30 އަށެވެ. އަދި އެކުންފުނީގެ ކަސްޓަމަރުންނަށް ދެވެންހުރި ޚިދުމަތް މި ވަގުތުތަކުގެ އިތުރުން ރޭގަނޑު 8:00 އިން 11:00 އާއި ދެމެދު އެކުންފުނީގެ ފިހާރަތަކުގެ ހޮޓްލައިން ނަމްބަރުތަކުން ދެވެންހުންނާނެ ކަމަށެވެ.

ސަންފްރޮންޓްގެ ފިހާރަތަކަކީ:

· ސަންފްރަންޓް ލައިޓިންގ 7965522

· ސަންފްރަންޓް ލިވިންގ 7472255

· ސަންފްރޮންޓް ބައިކްސް 7332900

· ސަންފްރަންޓް ސްކޯޕް 7815113

މިހާރު ކާފިއު އިއުލާން ކުރެވިފައިވާ ވަގުތުތަކަށް އެޗްޕީއޭގެ ފަރާތުން ނުވަތަ ކަމާއިބެހޭ އިދާރާތަކުން އިތުރުބަދަލެއް ގެނައުމާއި ހަމައަށް ކުންފުނީގެ އޮޕަރެޝަންސް ކުރިއަށްދާނެ ކަމަށް ސަންފްރޮންޓުން ބުންޏެވެ.

ކޮވިޑް-19 ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ސަރުކާރާއި ސިއްޚީ ދާއިރާގެ އެންމެހާ ބޭފުޅުންނާއި، އެޗްޕީއޭ އަދި ކަމާއި ގުޅޭ އެންމެހާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ސަންފްރޮންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.

- ކޮމެންޓް