ކ. މާލެ
|
30 މާރޗް 2020 | ހޯމަ 08:55
ޑްރަގް އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުން
ޑްރަގް އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުން
ޕޮލިސް
ޕޮލިސް
72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވަރކެއް އަތުލައިގެންފި
މި އޮޕަރޭޝަންގެ ތެރެއިން 61.06 ކިލޯގެ ހެރޮއިން އާއި 11 ދިވެހިން ހައްޔަރުކޮށްފައިވޭ
މިމައްސަލަ އާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން 04 ގެއެއް ބަލާފާސްކުރެވިފައިވޭ
މައްސަލައަށް ބޭނުންވާ އެވިޑެންސް ހޯދުމުގެ މަސައްކަތް ކުރެވެމުންދަނީ

72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު 11 މީހުން ހިމެނޭ މަސްތުވާތަކެތީގެ ބޮޑު ނެޓްވަރކެއް އަތުލައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަން ހިންގަން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ފުލުހުން 9 ދުވަސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން 61.06 ކިލޯގެ ހެރޮއިން އާއި 11 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ މަސްބާނާ ދޯންޏަކުން ހައްޔަރު ކުރެވުނު 7 މީހަކާއި މާލެ އަދި ހުޅުމާލެއިން ހައްޔަރުކުރެވުނު 4 މީހެކެވެ.

އޮޕަރޭޝަން ތަފުސީލު ހާމަކުރަމުން ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކ.މާލެ، ގ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި، އިތުރު ބަޔަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭކަމަށް މަޢުލޫމާތު ލިބުނު މައްސަލާގައި މަސްތުވާތަކެތި ބަލާދިޔަ ކަމަށް ތުހުމަތުކުރެވޭއިރު އަލިމަސް ދޯނި ބަލާފާސްކުރެވިފައިވާ ކަމަށެވެ.

އަދި މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން 04 ގެއެއް ބަލާފާސްކުރެވިފައިވާ ކަމަށެވެ. އަދި ބަލާފާސްކުރި ކުރުމުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ

އަހުމަދު ވިސާމް، މ. ބޮއިލިންފިޝް،

މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ / ގުލްދަސްތާގެ،

މުހައްމަދު މާއިޝް، މ. މާކޮޅު،

މުހައްމަދު ޝާމިން، މއ. ވިރާހް،

އަހުމަދު ޝިފާޒް، ހުޅުމާލެ، ފްލެޓް ނަންބަރު 06-ޖީ4،

އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ،

ހުސައިން ސުނާޒް، މ. މުލި / ސޯސަންވިލާ،

ސައުދުﷲ ރަޝީދު، މ. ކެޕްރިކޯން،

މުހައްމަދު ނަޝީދު، މ.މުލި / ހުދުފިނިފެންމާގެ،

މުހައްމަދު މާއިދު، މ.ކޮޅުފުށި/ އޯޝަންވިއު،

މުހައްމަދު ރިޝްވާން އިބްރާހިމް، މ.މުލި / މުޝްތަރީގެ.

ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. ފުލުހުން ވަނީ މި އެންމެންގެ ކުށުގެ ރެކޯޑްވެސް އާންމުކޮށްފައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ޓްރެފިކް ކުރުމުގެ އިތުރުން ފޭރުމާއި، ވައްކަމާ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ފަދަ ކުށުގެ ރެކޯޑުތައް މި މީހުންގެ ހިމެނެއެވެ.

- އަހުމަދު ވިޝާމް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތި ޓްރެފިކް ކުރުން

- މުހައްމަދު ހަމީދު - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ވައްކަން، މަސްތުވާތަކެތި ޓްރެފިކް ކުރުން

- މުހައްމަދު މާއިޝް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތި ޓްރެފިކް ކުރުން، ފޭރުން، ވައްކަން

- މުހައްމަދު ޝާމިން - މަސައްކަތަށް ހުރަސްއެޅުން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތި ޓްރެފިކް ކުރުން، ފޭރުން

- އަހުމަދު ޝިފާޒް - ފޭރުން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ހެކި ނައްތާލަން އުޅުން

- އަބްދުﷲ ޝާމް - ވައްކަން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މާރާމާރީ

- ހުސައިން ސުނާޒް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ވައްްކަން

- ސައުދުﷲ ރަޝީދު - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ފޭރުން

- މުހައްމަދު ނަޝީދު - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ބިރުދެއްކުން، ބަނގުރާ ބޭނުންކޮށްގެން ގެންގުޅުން، ވައްކަން

- މުހައްމަދު މާއިދު - ވައްކަން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރެން އުޅުން

- މުހައްމަދު ރިޝްވާން އިބްރާހިމް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން،

- ފުލުހުން މިރޭ ވަނީ އެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބައެއް ފޮޓޯތައްވެސް އާންމުކޮށްފައެވެ.

ފުލުހުން ބުނީ މާރިޗް 26 ވަނަ ދުވަހު 11 މީހުން ހައްޔަރުކުރެވި މި 11 މީހުންނަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ. އަދި ހައްޔަރުކެވުނު 11 މީހުންގެ ތެރެއިން 07 މީހުންނަކީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުން ކަމަށާއި، އަނެއް 4 މީހުންނަކީ މާލެއިންނާއި ހުޅުމާލެ އިން ހައްޔަރު ކުރެވުނު މީހުން ކަމަށެވެ.

ފުލުހުން ބުނީ 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން (ހެރޮއިން) ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވާ އިރު، މިމައްސަލާގައި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި މައްސަލައަށް ބޭނުންވާ އެވިޑެންސް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް