ކ. މާލެ
|
29 މާރޗް 2017 | ބުދަ 05:19
ސެމްސަންގ ގެލެކްސީ އެސް 8
ސެމްސަންގ ގެލެކްސީ އެސް 8
ގޫގުލް
ސެމްސަން
ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ
 
މި ފޯނު ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައި

އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ސެމްސަންގ އެންމެ ފަހުގެ އުފެއްދުން އެސް8 މާދަމާ ލޯންޗް ކުރަން ހަމަޖައްސައިފި އެވެ.

 

ސެމްސަންގެ އެނބުރި އައުން ސިފަކޮށް ސެމްސަން އެސް8 ގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު ސެމްސަންގ ގެލެކްސީ ނޯޓް 7 ށް ދިމާވި މައްސަލަތަކާއި އެކު ގިނަ ފާޑުކިޔުންތައް އަމާޒުވެ އެކުންފުނީގެ ވިޔަފާރި ވަރަށް ބޮޑުތަން ދަށަށް ދިޔަކަން ފާހަގަ ކުރެވެއެވެ.

 

ސެމްސަންގ ކުންފުނީގެ ޗީފް ލީ ޖައެ ޔޮންގ ބުނި ގޮތުގައި ކުރިން ދިމާވި ކަންކަމުން އަރައިގަނެ މާރޗް މަހުގެ 29 ވަނަ ދުވަހު ލޯންޗް ކުރާ މިފޯނަކީ "ގެލެކްސީ އަންޕެކްޓް 2017" ފޯނެކެވެ.

 

އެސް8 ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި ހެނދުނު އެގާރަ ޖަހާއިރެ އެވެ. އެއީ ރާއްޖެ ގަޑިން 20:00 އެވެ.

 

މިއީ ސެމްސަންގއިން މިހާތަނަށް ފަރުމާކޮށްފައިވާ އެންމެ ތަފާތު ފޯނެކެވެ. އެގޮތުން މިހާތަނަށް އުފައްދާފައިވާ އެންމެ ތުނި ފޯނުގެ ގޮތުގައި ފާހަގަކުރެވޭ އެސް8 ގެ ދިގުމަނަކީ 18 ސެންޓިމީޓަރ އަދި ފުޅާމިނުގައި 5.9 ސެންޓިމީޓަރު ހުންނާނެ އެވެ.

 

ސެމްސަންގ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސެމްސަންގ ގެލެކްސީ ނޯޓް 7ގެ ބެޓެރީއަށް ދިމާވި މައްސަލަތަކުން އަރައިގަތުމެވެ.

 

އެސް8 ލޯންޗް ކުރުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ސިންގަޕޯރގައި ހުންނަ ސެމްސަންގ އައުޓްލެޓްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް