ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަރޗް އަދި އޭޕްރީލް މަހުގައި %30 ހިލޭ އިތުރު އެލަވަންސެއް ދިނުމަށް ނިންމައިފި އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެންޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދިރާގުން ނިންމި ނިންމުމެކެވެ.
މީގެއިތުރުން އެކުންފުނީގެ މޯބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިތުރު ލުއި ފަސޭހަތަކެއް ދިނުމަށް ނިންމާފައިކަމަށް އެކުންފުނިން ބުނެއެވެ.