Advertisement
ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 19:26
އިސްލާމިކް މިނިސްޓަރ އަދި ނައިބު ރައީސް
އިސްލާމިކް މިނިސްޓަރ އަދި ނައިބު ރައީސް
ރައީސް އޮފީސް
އިސްލާމިކް މިނިސްޓަރ
މެމްބަރުން ކަންތައްކުރައްވާނެ އުސޫލު އެނގިވަޑައިގަންނަވާނީ އެ މެމްބަރަކަށް: އިސްލާމިކް މިނިސްޓަރ
މައްސަލަ ހުށަހަޅަނީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ޝެއިޚުންނާއި ދެކޮޅަށް މިނިސްޓަރ މަސައްކަތް ކުރައްވަމުން ގެންދަވާތީ
ވަޒީރުންގެ މަޖިލީހަށް ރައީސްގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ރައީސް އޮފީހުން ބުނޭ
އިސްލާމިކް މިނިސްޓަރަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިޞްބަތްވާ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރުގެ އިތުބާރު ނެތްކަމުގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވާ ވިދާޅުވުމާއި ގުޅިގެން އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންނުވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ" އަށް މީގެކުރިން މައުލުމަތު ދެއްވަމުން މެމްބަރު އަހްމަދު ހަލީމް ވިދާޅުވީ އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ނިންމީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި، އެއީ ޕާޓީން ނިންމައިގެން ކުރާކަމެއް ނޫންކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރ މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމެވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ޝެއިޚުންނާއި ދެކޮޅަށް މިނިސްޓަރ މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާންވެސް ވަނީ ވަޒީރުންނާ މެދު ސަރުކާރުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި މަޖިލީހަކީ 'ރަބަރު ސްޓޭމްޕް' ޖަހާ ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމަތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއްގައި މެމްބަރުން ކަންތައްކުރައްވާނެ އުސޫލު އެނގިވަޑައިގަންނަވާނީ އެ މެމްބަރަކަށް ކަމަށާއި އިތުބާރު ނެތް މައްސަލައާއި ބެހޭގޮތުން އިތުރަށް އެއްވެސް އެއްޗެއް ބުނަން ބޭނުންފުޅު ނުވާކަމަށެވެ.

އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު ޒާހިރުއަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް