ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 06:31
ލައިބާ އަހުމަދު މަހްލޫފް
ލައިބާ އަހުމަދު މަހްލޫފް
ރާއްޖެއެމްވީ
ލައިބާ އަޙުމަދު މަޚްލޫފް
ސްލޮވޭނިއާ މުބާރާތުން ރާއްޖޭގެ ލައިބާ އަށް ލޯ މެޑަލް
ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 11 މެޑަލް ހޯދައިފަ އެވެ.

ސްލޮވޭނިއާގައި ކުރިއަށް ދިޔަ ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގެ މުބާރާތެއްގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ލޯ މެޑަލް ހޯދައިފި އެވެ.

ސްލޮވޭނިއާގައި ކުރިއަށް ދިޔަ މިރްނާ އިންޓަނޭޝަނަލް ޔޫތު މުބާރާތުގައި ވާދަކޮށް ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ 13 އަހަރުން ދެށުގެ ޑަބަލްސް ބައިންނެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ކްރޮއޭޝިއާގެ ތިހާނާ މަވްރިޗެކް އެވެ. ލޯ މެޑަލް ލިބުނު ފޮޓޯތައް ޙިއްސާ ކުރުމަށްފަހު ލައިބާ ވަނީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)ގެ އިތުރުން، ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު އަދި ސޮނީ ސްޕޯޓްސް އަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. މީގެ އިތުރުން ލައިބާ ވަނީ ލައިބާގެ ކޯޗު އަދި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 11 މެޑަލް ހޯދައިފަ އެވެ. މިއަހަރުގެ މިހާތަނަށް ލައިބާ ވަނީ ހަތަރު މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގައި އޮތް ސައުދީ އޯޕަންގައި ވާދަކޮށް ވެސް ލައިބާ ވަނީ މެޑަލް ހޯދައިފަ އެވެ.

ސްލޮވޭނިއާ މުބާރާތަށްފަހު ދެން ލައިބާ ވާދަކުރާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށް ޖޯޖިއާގައި ކުރިއަށްދާ މުބާރާތެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް