އެމްއާރްއެމްގެ ސެކެރެޓަރީ ޖެނެެރަލް އަބްދުލް އަލީމްގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް އިބްރާހީމްގެ ހިއްސާ އޮންނަ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ދައުވާކުރަން އެޓަރނީ ޖެނެރަލް އޮފީހުން ސިވިލް ކޯޓުން ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ދައުވާކުރަން ނިންމީ، އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށް އެ ކުންފުންޏަށް ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއަރ ތައްޔާރުކޮށްފައިނުވާތީވެ، އެ މަސައްކަތަށް ޚަރަދު ކުރި ފައިސާ ހޯދުމަށެވެ.
އޭޖީ އޮފީހުން އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، ސްފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން އޭޖީއަށް ޕްރޮޕޯސަލް ހުށައަޅާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.
ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް އޭޖީ އޮފީހުން 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ވަނީ އެ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައެވެ.
އޭޖީ އޮފީހަށް އެ ކުންފުނިން ހުށައަޅާފައިވާ ޕްރޮޕޯސަލް ގައިވާ ގޮތުން އެ މައްސަލަ ނިންމަން ހަމަޖެހިފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ. އެކަމަކު ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، އޭޖީން ވަނީ މަސައްކަތް މި އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު ނިންމަން އަންގާފައެވެ.
އޭޖީން ސްޓްޓް މިނިސްޓަރުގެ ހިއްސާވާ ކުންފުންޏާއި ދެކޮޅަށް ދައުވާ ކުރަނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއަރ ތައްޔާރުކުރެވިފައި ނުވާތީއާ، އެ މަސައްކަތަށް ޚަރަދު ކުރަންޖެހުނު /-53,826.80 USD (ފަންސާސް ތިންހާސް އަށްސަތޭކަ ސައްބީސް ޑޮލަރާއި އަށްޑިހަ ސެންޓް) ނުވަތަ 830,000 (އަށްލައްކަ ތިރީސް ހާސް) ދައުލަތަށް ދެއްކުމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މުއާމަލާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަހުގީގުކޮށްދީ، ފިޔަވަޅު އަޅުއްވައި ދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.