ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 13:44
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
މޯލްޑިވްސް އިންޑިޕެންޑެންޓް
ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 5 ރަށަކަށް
ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށް ސައީދު ވިދާޅުވި
- މިއަހަރު ތެރޭ 20 ރަށަކަށް ވަނީ ކޮމިއުނިޓީ ފަންޑް އިން އެހީތެރިކަންފޯރުކޮށްދީފައި

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފުކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 މަޝްރޫޢެއް ހޮވައިފިއެވެ.

މި 5 މަޝްޜޫޢަކީ:

1. ހދ.ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން –- އަމީން މުހައްމަދު

2. ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިންގ ޕޮއިންޓެއް ގާއިމްކުރުން–- ގްލޯބަލް ސިޓިޒަން ސޮސައިޓީ

3. ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން –- އާދަމް ޝަޒީމް

4. ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން –- ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ

5. ތ. ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން – ވަސަނަ ޖަމިއްޔާ

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު އެއް ޢަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަޢަށް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫޢުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމަޢުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުތެރޭ ކޮމިއުނިޓި ފަންޑްގެ ދަށުން ޖުމްލަ 20 ރަށެއްގައި މުޖުތަމަޢަށް ނުހަނު ބޮޑަށް ފައިދާކުރާ މަޝްރޫޢުތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާޙުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމަޢުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.

- ކޮމެންޓް