Advertisement
ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 21:40
ވަޒީރުންގެ މަޖިލިސް
ވަޒީރުންގެ މަޖިލިސް
ރައީސް އޮފީސް
ރައީސް އޮފީސް
ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަންގައި ސޮއިކުރައްވައިފި
އެޕްކަސްގައި ބައިވެރިވުމަށް ނިންމަވާފައިވޭ
މިގޮތަށް ނިންމެވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި

ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ) ގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފި އެވެ.

ސޮރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ) ނުވަތަ "ދަ އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖާރސް" މުޢާހަދާ އަކީ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ) ގެ މުޢާހަދާއެކެވެ.

މީގެއިތުރުން ރައީސް ވަނީ 1996 ގައި އުފެދިފައިވާ އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ގައި ބައިވެރިވުމަށް ނިންމަވާފައިވެއެވެ. ރައީސް މިގޮތަށް ނިންމެވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރުމަށްފަހުއެވެ.

Advertisement

އެޕްކަސް ކޮމިޝަން އުފެއްދުމުގެ މަޤްޞަދަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ އިސް ފަރާތްތައް އެއްމާހައުލަކުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޟްތައް ނެގުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދެއްވާފައެވެ. މިގޮތަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ވެސް ރައީސް ސޯލިހު ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް