Advertisement
ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 13:56
މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއް
މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއް
އެމްވީކްރައިސިސް
މަރުވެފައި އޮއްވާ މީހެއް ފެނުން
83 އަހަރުގެ މީހެއް މިސްކިތެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
ޝަހީދު އަލީ މިސްކިތުގެ ތެރެއަށް އެ މީހާ އޮތީ ވެއްޓިފައި
ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އޭނާ ގެންދިޔައިރު ވެސް މަރުވެފައިވޭ
ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލަމުންދަނީ

މިސްކިތެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އަންގާރަ ދުވަހުގެ 11:12 ހާއިރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއަށް އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ވެއްޓިފައި އޮއްވާ ފުލުހުން އޭނާ ނަގައިގެން އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މި ކަމުގައި ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް