ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 12:03
ބީއެމްއެލްގެ ބިޒްނަސް ސެންޓަރު މާލެސިޓީގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލްގެ ބިޒްނަސް ސެންޓަރު މާލެސިޓީގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ބީއެމްއެލް
ބީއެމްއެލް އިން މިއަަހަރު ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ ޑިސެމްބަރު 30
މި މަހުގެ 31 އިން ފެށިގެން ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބްރާންޗުތައް ބަންދުވާނެ
ބްރާންޗުތަކުން ހިދުމަތްތައް ދޭން އަލުން ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު
ބަންދުކުރަނީ ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކުން މިއަަހަރު ހިދުމަތް ދޭނެ އެންމެ ފަހު ތާރީހަކީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 31 އިން ފެށިގެން ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބްރާންޗުތައް ބަންދުވާނެ ކަމަށާއި ބްރާންޗުތަކުން ހިދުމަތްތައް ދޭން އަލުން ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ބްރާންޗުތަކުން ހިދުމަތް ނުދިން ނަމަވެސް، ސެލްފް ސަރވިސް އޭޓީއެމްތަކުން ހިދުމަތް ލިބިގަނެވޭނެ ކަމަށާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރަށް ގުޅައިގެންނާއި ފޭސްބުކްް އަދި ޓްވިޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކާ ގުޅޭނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާއި ދިމާކޮށް ބެންކުތަކުގެ ހިދުމަތް މެދުކަނޑާލައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ ޢަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް