Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 19:51
ވީއައިއޭ
ވީއައިއޭ
ޓްވިޓަރ
ވީއައިއޭ
އަނެއްކާވެސް ވީއައިއޭގެ ވީލް މޫވްމަންޓް ރިކޯޑް މުގުރާލައިފި!
އިންޓަރނޭޝަނަލް 101 ފްލައިޓް ޖައްސާފައިވޭ
ޑޮމެސްޓިކް 121 ފްލައިޓް ޖައްސާފައިވަނީ
ކުރީގެ ރެކޯޑަކީ 226

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ވީލް މޫވްމަންޓް ރެކޯޑް އަނެއްކާވެސް މުގުރާލައިފިއެވެ.

ހޯމަ ދުވަހު އެމްއޭސީއެލްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ, 22 ޑިސެމްބަރުގައި އިންޓަރނޭޝަނަލް 101 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓްގެ އިތުރުން ޕްރައިވެޓް 17 ޖެޓާއިއެކު ޖުމްލަ 239 އުޅަނދު އެއާރޕޯޓަށް ޖައްސާފައިވާކަމަށެވެ.

އޭގެއިތުރުން، އުޅަނދުފަހަރާއި ފަސިންޖަރުންގެ ސަލަމާތާއި ރައްކައުތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނިން އެންމެ ސަމާލުކަންދޭކަންތައް ކަމަށާއި އާދިއްތަ ދުވަހަކީ މުވައްޒަފުންގެ ފަރާތުން ނަމޫނާ މަސައްކަތެއްކަމަށް ބުނެ، އެމްއޭސީއެލްގެ މުވައްޒަފުންނަށް އެ ޓްވީޓުގައި ތައުރީފުކޮށްފައިވެއެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފު ވިދާޅުވީ، އެންމެ ފަހުން ރިކޯޑް ހަދާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު 226 ވީލްމޫވްމަންޓްއާއި އެކު ކަމަށާއި ރިކޯޑް މުގުރާލުމުގައި މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަށް ލިބިގެންދިޔަކަމަށެވެ.

އަރީފު ވަނީ، މި ރިކޯޑް ހާސިލް ކުރުމުގައި އެއާރލައިންތަކާއި ސްޓޭކްހޯލްޑަރތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށާއި މިކަންތައް ހާސިލްކުރުމަށް ކުންފުނީގެ އެކްޓިންގް މެނޭޖިންޑް ޑިރެކްޓަރ މޫސާ ސޯލިހު ދެއްވި އިރުޝާދު ފާހަގަކުރައްވަފައެވެ. މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމާއެކު ކޮންމެ އާދިއްތަ ދުވަހަކީވެސް އެ ކުންފުނީގެ މުވައްޒަފުންނަށް "ސުޕަރ ސަންޑޭ"އެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް