Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 11:26
މާލޭގެ ލޮނުޒިޔާރަތްކޮޅު، އިރުދެކުނު ކަންމަތީ ޕާކުގައި ބަހައްޓާފައިވާ \"ބަޖިޔާ ގާ\"-
މާލޭގެ ލޮނުޒިޔާރަތްކޮޅު، އިރުދެކުނު ކަންމަތީ ޕާކުގައި ބަހައްޓާފައިވާ "ބަޖިޔާ ގާ"-
ގޫގުލް
މޮނިއުމަންޓް ގާ
"ބަޖިޔާ ގާ" މޮނިއުމަންޓް ހޯދައިފިން: ޝިފާ
އެގަލަކީ ޖަޕާނު ސަރުކާރުން މާލޭ ވަށާ ލާދީފައިވާ ތޮށިގަނޑުގެ "ނަމޫނާ" ގަލެއް
އެ ގާ ވަހައްޓަފައި ހުރީ މާލޭ އިރުދެކުނު ކަންމައްޗަކަށްވާގޮތަށް، ލޮނުޒިޔާރަތްކޮޅުގައި ހުރި ޕާކު ގައި
އެގާ އެތަނުން ނެގީ ބްރިޖްގެ މައްސައްކަތް ކުރުމަށް

ޖަޕާނުގެ ސަރުކާރުން މާލެ ވަށާ ލައިދިން ތޮށިގަނޑުގެ ހަނދާނުގައި ދީފައިވާ "ބަޖިޔާ ގާ" މޮނިއުމަންޓް ހޯދާފައިވާ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޝިފާ މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ޓްވީޓަރގައި އެ "ބަޖިޔާ ގާ" މޮނިއުމަންޓް ވީތަނެއް އެނގިލައްވާތޯ އާއި، މިހާރު ހަދަމުންދާ ޕާކުގައި އެ ގާ ބެހެއްޓުން ކިހިނެއްވާނެތޯ، ނޫނީ ނެޝަނަލް މިއުޒިއަމްގައި ބަހައްޓަން ކިހިނެއްވާނެތޯ، މީހަކު ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެމީހާގެ އެޓްވީޓުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި މާލެ ސިޓީ މޭޔަރު ޝިފާ މުޙައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފަށް ވަނީ ޓެގް ކުރައްވާފަ އެވެ.

އޭނާގެ އެ ޓްވީޓާއި ގުޅިގެން މާލެ ސިޓީ މޭޔަރު ޝިފާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، މާލެ ސީޓީން އެ ގާ ހޯދާފައިވާ ކަމަށެވެ. އަދި ޖަޕާނުގެ ސަރުކާރުން މާލެ ވަށާ ލައިދިން ތޮށިގަނޑުގެ ހަނދާނުގައި ދީފައިވާ އެ މޮނިއުމަންޓް އެއްލާލައިގެން ނުވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

މާލޭ މަށާ ލާފައިވާ ތޮށްޓަކީ ޖަޕާނު ސަރުކާރުން ހަދާދީފައިވާ ތޮށިގަނޑެކެވެ. ތިނެސްކަނަށް ހުންނަ، އަދި ބައެއް މީހުން ކިޔާގޮތުން "ބަޖިޔާ ގާ"ގެ ނަމޫނާއެއް ނުވަތަ މޮނިއުމަންޓެއް ވަރަށް ކުރީއްސުރެން މާލެ އެންމެ ހިތްފަސޭހަ ލޮނު ޒިޔާރަތްކޮޅު، އިރުދެކުނު ކަނަށް ވާގޮތަށް ހުންނަ ޕާކްގައި ބަހައްޓާފައި ހުއްޓެވެ.

ނަމަވެސް މާލޭ- ހުޅުމާލެ ބުރިޖުގެ މަސައްކަތް ކުރަން ފެށި ހިސާބުން އެ ގާ އެތަނުން ވަނީ ނަގާފަ އެވެ. އަދި ބުރިޖުގެ މަސައްކަތް ނިމި، އެޞަރަޙައްދު ޢާންމުނަށް ހުޅުވާލިއިރު ވެސް އެ ގާ ވީތަނެއް، އަދި އެގަލުގެ ވާހަކަވެސް ބަޔަކު މީހުން ދައްކާ އަޑެއް ނީވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް