Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 09:55
ހައްމާދު (ވ) އަދި އާސިފް (ކ)
ހައްމާދު (ވ) އަދި އާސިފް (ކ)
ޓްވިޓަރ
ހައްމާދަށް ހަމަލާދިން މައްސަލަ
ހައްމާދަށް ހަމަލާދިން އާސިފްގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
އާސިފް ވަނީ ހައްމާދަށް ހަމަލާދިން ކަމަށް އިއުތިރާފް ވެފައި
ހައްމާދު ވެސް ހުރީ 13 އަހަރުގެ ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ
ހައްމާދަށް ހަމަލާދީފައިވަނީ ލަނޑާ ނަގާ ދޯނީގައި ރޭގަނޑުގެ ވަގުތެއްގައި

ދިނީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ލަނޑާ ނަގާ ދޯންޏެގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ޙަމަލާދިން ރ. މަޑުއްވަރީ، ބީޗް ހައުސް، އިސްމާއިލް އާސިފުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ހައްމާދަށް، އާސިފް ޙަމަލާދީފައިވަނީ މިދިއަ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑަ ނަގާ ދޯނީގައި އެ ދެމީހުންގެ ދެމެދުގައި ހިނގި ޚިޔާލު ތަފާތުވުމެއްގެ ސަބަބުންނެވެ. އުމުރުން 30 އަހަރުގެ އާސިފް ހައްމާދަށް ޙަމަލާދީ ޒަހަމްކޮށްލާފައިވަނީ މަސްކަނޑާ ވަޅިއަކުން ނެވެ.

މިމައްސަލާގައި އާސިފް ހައްޔަރުކޮށްފައިވަނީ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް، ހިންގި ތަހުޤީޤުން އޭނާ ވަނީ ހައްމާދަށް ޙަމަލާދިން ކަމަށް އިޢުތިރާފުވެ، ޙަމަލާދިން ވަޅި ކަނޑަށް އެއްލާލި ކަމަށް ބުނެއެވެ. އަދި ފުލުހުން ވަނީ އެ ވަޅި ހޯދާފަ އެވެ.

އެނގިފައިވާ ގޮތުގައި އާސިފްގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ނެވެ.

Advertisement

އާސިފްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 60 (ށ) އަށް ރިޢާޔަތްކޮށް، މުޖްތަމަޢުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް ޢަމުރު ކުރާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، ހައްމާދަށް ޙަމަލާދިން ވަގުތު އެދޯނީގައި އިތުރު މީހަކު ހުރި ނަމަވެސް، އެމީހާ އޮތީ ނިދާފަ ކަމަށާއި، އެމީހާގެ ބައިވެރިވުމެއް އެކަމުގައި ނެތް ކަމަށެވެ. އަދި އާސިފް ވެސް ވާހަކަތަކުން ވެސް ހައްމާދަށް ޙަމަލާދީފައިވަނީ އޭނާ އެކަނި ކަމަށް އެނގޭ ކަމަށް ފުލުހުން ބުނެއެވެ.

ހައްމާދަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ވެސް ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ، 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭކަމަށް ބުނެ އެކުއްޖާއާ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް