Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 08:11
މީހަކު ސިއްހީ ފަރުވާ ހޯދަނީ
މީހަކު ސިއްހީ ފަރުވާ ހޯދަނީ
މުހައްމަދު ޝަރުހާން
އެޗްޕީއޭ
ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެއްޗަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ކާބޯތަކެއްޗަށް ދިރޭ ސޫޕާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބަހައްޓަންޖެހޭ
ކެއުމުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުން މުހިންމު
އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރަންޖެހޭ

ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެއްޗަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިތުވަމުން އަންނަ ކަމަށާއި، ރައްކާރެތިވުމަށް ޚާއްޞަކޮށް ކާބޯތަކެތި ރަނގަޅު ގޮތުގައި ރައްކާކުރުން މުހިންމު ކަމަށެވެ.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރާއްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ކާބޯތަކެއްޗަށް ދިރޭ ސޫޕާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުމާއި، ކެއުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުމާއި، އަދި ކާބޯތަކެތި ހަލާކު ނުވާނޭގެން ރައްކާކުރުން މުހިންމު ކަމަށެވެ. ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގަ އާއި ފާޚަނާ ކުރުމަށްފަހު އަދި ކާބޯތަކެތީ ތައްޔާރު ކުރުމާއި، ކެއުމުގެ ކުރިން ސައިބޯނު ލައިގެން ރަނގަޅަށް އަތް ދޮންނަންޖެހޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ 03 ދުވަސް ވަންދެން 24 ގަޑައިރު ތެރޭގައި 03 ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމަތްތައް އިތުރަށް ގޯސް ވާނަމަ ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ.

ބޭރަށް ހިންގުމާއި ހޮޑުލެވޭނަމަ، އާންމުން އެއްވެ އުޅޭ ޞަރަޙައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް