Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 00:10
ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ މަޤާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަނު ކުރައްވަނީ
ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ މަޤާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަނު ކުރައްވަނީ
ހާރިޖީ ވުޒާރާ
ފޮރިން މިނިސްޓްރީ
ރާއްޖެއިން ބޭރުގެ ފުރަތަމަ ދިވެހި ކޮންސިއުލޭޓް ޖެނެރަލްއަކަށް އަންހެން ބޭކަނބަލެއް!
އޭނާ އައްޔަނު ކުރެއްވީ ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ މަޤާމަށް
އޭނާ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައި
17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚާރިޖީ ދައިރާގައި ޚިދުމަތް ކުރައްވާފައިވޭ

ރާއްޖެއިން ބޭރު ޤައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސިއުލޭޓް ޖެނެރަލްގެ މަޤާމަށް އަންހެން ބޭކަނބަލަކު އައްޔަނުކުރައްވައިފި އެވެ.

ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގް ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އާމިނަތު އަބްދުﷲ ދީދީއެވެ. އެގޮތުން އެ މަޤާމަށް އައްޔަނު ކުރެއްވުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ލެޓަރ އޮފް އެޕޮއިންޓްމަންޓް އެކަމަނާއާއި ހަވާލުކުރައްވާފަ އެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނީ، މިއީ ރާއްޖެއިން ބޭރު ޤައުމެއްގެ ކޮންސިއުލޭޓް ޖެނެރަލްއަކަށް ރާއްޖެއިން އައްޔަނު ކުރި ފުރަތަމަ ކޮންސުލް ޖެނެރަލް ކަމަށެވެ.

މި މަޤާމަށް އައްޔަނު ކުރެއްވުމުގެ ކުރިން އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެހެނިހެން މަޤާމުތައް ފުރުއްވައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚާރިޖީ ދައިރާގައި ޚިދުމަތް ކުރައްވާފައެވެ.

ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ދީދީ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޯރ ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވައި، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ.

ރާއްޖެއިން ބޭރު ޤައުމެއްގައި ޤާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ "ކޮންސުލް ޖެނެރަލް" ގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަނު ކުރައްވާފައިވާއިރު، ދިވެހިރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން 8 މިޝަންއެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް