Advertisement
ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 18:26
ހަރުކަށި ފިކުރުގެ މީހުންގެ އަދަދު މި ފަހަކަށް އައިސްވަނީ ގިނަވެފައި
ހަރުކަށި ފިކުރުގެ މީހުންގެ އަދަދު މި ފަހަކަށް އައިސްވަނީ ގިނަވެފައި
ފޭސްބުކް
ހަރުކަށި ފިކުރުން
ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތަކީ މިއީ
ރާއްޖޭގެ ގާނޫނު އަސަސީއަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިގެން އުޅޭ މީހުން
ދަރިވަރުން ސްކޫލަށް ނުފޮނުވާ މީހުން
މީހުން މަރާލަން ފަސްނުޖެހޭ 1200 ހާ މީހުން ރާއްޖޭގައި އުޅޭ ކަމަށް ސީޕީ ވަނީ ވިދާޅުވެފައި

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް (އެންސީޓީސީ) އިން އާއްމުކޮށްފިއެވެ.

އާދިއްތަ ދުވަހު އެންސީޓީސީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ހަރުކަށި ފިކުރަކީ، ގާނޫނުއަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއި އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާއި ދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

Advertisement

އެ ގޮތުން، ހަރުކަށި ފިކުރަކީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލްތަކުގެ އިންތަކުން ބޭރުވެތިބެ، އެބައެއްގެ ފިކުރަށްތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރު ކަމަށެވެ.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް:

  1. ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ ޠާޣޫތުން ކަމަށާއި، މުސްލިމުން ނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުމަކީ ލާޒިމް ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީއެކަންކަން އެގޮތަށް ކުރާ މީހުން
  2. ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތް އިންކާރުކުރާ މީހުން
  3. ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަކީ ބާތިލް އެއްޗެއް ކަމަށްބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ޚިލާފުވެ، ދިވެހި ސަގާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމައުގެ އެއްބައެއްވަންތަކަން ގެއްލުވާލައި، މުޖުތަމައު ބައިބައިކުރަން މަސައްކަތް ކުރާ މީހުން.
  4. ގައުމީ ދިދަ އާއި ދިވެހިދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަތުން.
  5. ސްކޫލްތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސްކޫލަށް ހާޒިރުނުކުރުން.
  6. މި ފިކުރަށް މަގުފަހިވާގޮތަށް ވަކާލާތުކުރުން.
  7. ބައިނަލްއަގްވާމީ ސިއްހީ މިންގަޑުތަކުން ކުދިން މަހުރޫމް ކުރުވުމާއި، ދިވެހިރާއްޖޭގެ އަންނަންއޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުން.
  8. އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުން.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައަޅާފައިވާއިރު، ޓެރަރިސްޓު ޖަމާއަތްތަކަށް ބައިއަތު ހިފައި މީހުން މަރާލަން ފަސްނުޖެހޭ 1400 މީހަކު ރާއްޖޭގައި އެބައުޅޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. ހަރުކަށި މީހުން ހޯދައިގަން އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ މިހާރުވެސް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. މި ދުވަސްކޮޅު މި އޮޕަރޭޝަން އެންމެ ބޮޑަށް ހިންގަމުން ގެންދަނީ ރ. މަޑުއްވަރީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް