Advertisement
ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 17:38
ރައީސް ސޯލިހު ނ.ކެނދިކުޅުދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް ސޯލިހު ނ.ކެނދިކުޅުދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ސޯލިހު
ކެނދިކުޅުދޫ ކައުންސިލުން ރައީސް އަރިހު އެދުނީ ފުލުހުންގެ ހިދުމަތް ގާއިމްކުރުމަށް
ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ސޯލިހާއި ވަނީ ހިއްސާކޮށްފައި
ބޭސް ފިހާރައިގެ ޚިދުމަތް 24 ގަޑި އިރު ނުލިބުމުން ދަތިތައް ކުރިމަތިވޭ
ށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވޭ

އަތޮޅުގައި ހުރި އިޖްތިމާޢީ އެކި އެކި މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.

Advertisement

އާދީއްތަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވާފައިވާއިރު، ބައްދަލުވުމުގައި ވަނީ ކެނދިކުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސް ސޯލިހާއި ހިއްސާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސް ސޯލިހާއި މަޝްވަރާކުރައްވާފައެވެ.

ކެނދިކުޅުދޫ ކައުންސިލަރުންނާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

މީގެއިތުރުންވެސް، ކުނި ނައްތާލުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ހުރި އިޖްތިމާޢީ އެކި އެކި މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ކަމާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި، ބޭސް ފިހާރައިގެ ޚިދުމަތް 24 ގަޑި އިރު ނުލިބުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވާފައެވެ.

ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަނަތައްތަކުގެ ތެރޭގައި ކެނދިކުޅުދޫ ސްކޫލަށް ބޭނުންވާ ބައެއް ވަޞީލަތްތަކާއި، ރަށުގެ ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާތީދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެއިތުރުން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ބައްދަލުވުމުގައި ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވިސްނުންތެރިކަމާއެކު ވީ އެންމެ އަވަހަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 45 މިނެޓު ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް