Advertisement
ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:09
މާލެ އަށް ވާރޭ ވެހެނީ
މާލެ އަށް ވާރޭ ވެހެނީ
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
މޫސުމަށް ސަމާލުވޭ، މޫސުން އަދިވެސް ރަނގަޅެއް ނޫން
އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނޭ

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް، (މެޓް) އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ 8 ޖެހުމާހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.

އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Advertisement

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސް މޫސުން ގޯސްއިރު ކަނޑުމަތީގެ އެކި ޙާދިސާތައް އަންނަނީ ހިނގަމުންނެވެ. އަދި ވިއްސާރާގައި ބައެއް ރަށްރަށަށް އުދަ އަރާ އެކިވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 44 މިނެޓު ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް