Advertisement
ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 22:11
ގެެއްލުނު ޑިންގީ
ގެެއްލުނު ޑިންގީ
ޕޮލިސް
ކަނޑުމަތީގެ ހާދިސާ
ތިން ކުޑަކުދިންނާއިއެކު ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ
ޑިންގީ ދަތުރުކުރަމުން ދިޔައީ މާމިގިލި ފުރައިގެން ފީއައްޔަށް
ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވޭ
ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު

އދ.މާމިގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޑިންގީ ހޯދިފައިވާ ކަމަށާއި، އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ހަތަރު މީހުންނާއިއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޑިންގީގައި ތިން ކުޑަކުދިން ތިއްބެވެ. ޑިންގީ ހޯދުމަށް ސިފައިން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ދެއްވަމުން ކޯސްޓްގާޑްގެ ކޮމޮޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ޑިންގީ ހޯދަމުން ދަނިކޮށް، ހުކުރު ދުވަހުގެރޭ 20:15 ހާއިރު ފެނިފައިވަނީ އދ. ގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސީ އެމްބިއުލާންސަށް ކަމަށެވެ.

ޑިންގީއެއް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ހަވީރު ފަހެއް ޖެހިހާއިރުއެވެ. ސަލީމް ވިދާޅުވީ، އެ ހާދިސާ ދިމާވީ މާމިގިލިން ފުރައިގެން ދަނިކޮށް ވިއްސާރަ ވެހުމާއި އެކު ދަތުރުކުރަމުން ދިޔަ ދިމާނޭގި ދަތުރުކުރެވުމުން ކަމަށް އެ ޑިންގީ ދުއްވި މީހާ ބުނެފައިވާ ކަަމަށެވެ.

Advertisement

މިހާރު ސިފައިންގެ އެހީތެރިކަމާއި އެކު ޑިންގީ ދަތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގައި ތިބި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަަމަށާއި، އިތުރަށް ހަދަން ޖެހޭ މެޑިކަލް ޓެސްޓްތައް ހަދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީވެ ހުރިހާ ފަރާތްތަކުންވެސް ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް
21 ޑިސެންބަރ 2019 | ހޮނިހިރު 08:28
ޭރައްޔިތުމީހާ
މިގޮތަށް ނިކުންނަ ޑިންްގީ ، ކުދިދޯނި ފަހަރު ކަހަލަ އުޅަނދުފަހަރު އެބަޖެހޭ ބޮޑުއަދަދަކުން ޖޫރިމަނާ ކުރަން. އޭގެއިތުރުން އެ ދުއްވިމީހަކު ހައްޔަރުވެސް ކުރަން. މިކަހަލަ ކަންތަކުން އެތަށްބަޔަކައް ބޮޑެތިތަކުލީ ފުތަކެއްލިބުމުގެ އިތުރުން ، މީސްމީހުންގެ ފުރާނައަށްވެސް ނުރައްކާވެ ފަ އެބަހުރި ، މިނޫންގޮތަކުން ނުހުއްޓެވޭނެ.....?