Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 15:35
ލޯކަލް ކައުންސިލްގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ލޯކަލް ކައުންސިލްގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020
ކައުންސިލްތަކުގެ އިންތިޚާބުގެ ދާއިރާތައް ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި އިޢުލާން ކުރެވޭނެ: އިލެކްޝަންސް
މައުލޫމާތު ހޯދުމަށާއި މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ދާނެ
އާބާދީ ބޮޑެތި ސިޓީތަކުގައި ދާއިރާތައް އިތުރުވާނެ
މާލެ ސިޓީއަށް ދެ ދާއިރާ އިތުރުވެ، ދެ ކައުންސިލަރުން އިތުރުވާނެ ކަމަށްވޭ

އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ދާއިރާތައް މި ޑިސެމްބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައި އިޢުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންގާރަ ދުވަހު، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންތިޚާބީ ދާއިރާތައް އިޢުލާން ކުރުމަށް ކަމަށެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުން ވީހާވެސް އަވަހަކަށް އެޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި ބައެއް ޕާޓީތަކުން ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި ބައެއް މަޢުލޫމާތާއި، މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޝަރީފު ވަނީ، މާލެ ސިޓީއާއި އައްޑޫ ސިޓީތައް ފަދަ ބޮޑެތި އާބާދީތަކުގައި އިންތިޚާބީ ދާއިރާތައް އިތުރުވެ، ކައުންސިލަރުން އިތުރުވާނެ ކަމަށް މީގެކުރިން މަޢުލޫމާތު ދެއްވާފަ އެވެ. އެގޮތުން މާލެ ސިޓީއަށް ދެ ކައުންސިލަރުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝަރީފު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

Advertisement

ޝަރީފު ވިދާޅުވީ އިންތިޚާބީ ދާއިރާތައް، ކަނޑައެޅި، މިމަހުގެ ފަހު ހަފުތާގައި އިޢުލާން ކުރެވުމާއެކު، ސިޔާސީ ޕާޓީތަކަށް ޕްރައިމަރީ ބޭއްވުމަށް މަދުވެގެން ދެ މަސްދުވަސް ލިބޭނެ ކަމަށެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާއިރު، އިންތިޚާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކައުންސިލްތަކުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އަދި އިޢުލާން ނުކުރިޔަސް ބައެއް ފަރާތްތަކުން ގެންދަނީ ކައުންސިލަށް ވާދަކުރުވުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ސޯސަލް މީޑިއާގައި މިހާރުވެސް ވަނީ ކެމްޕެއިން ފަށާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް