Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 15:29
އެމްއާރުއެމްގެ ޖަލްސާގެ ތެރެއިން
އެމްއާރުއެމްގެ ޖަލްސާގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރުއެމް
އެޗްއާރުސީއެމުން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި، އިހުމާލުތަކުގެ މައްސަލަތައް ބަލަންޖެހޭ: އެމްއާރުއެމް
ނިމިދިޔަ ވެރިކަމުގައި އިންސާނީ ޙައްޤުތަކަށް އަރައިގަނެފައިވ ާކަން ފާހަގަކޮށްފައިޥޭ
ގިނަ ސިޔާސީ ފަރާތައް ކުރަމުން ދިޔަ ޝަކުވާތައް އެޗްއާރުސީއެމް އިން އަޅާނުލާ ތިބީ ވަކި ބައެއްގެ މަސްލަހަތަށްޓަކައި ކަމަށް ބުނެފައިވޭ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި, އިހުމާލުތަކުގެ މައްސަލަތައް ބަލަންޖެހޭކަމަށް މޯލްޑިވްސް ރީފޯރމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން އެޕާޓީން ނެރުނު ނޫސްބަޔާނުގައި ވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭ އެކި މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވީނަމަވެސް ނިމިދިޔަ ވެރިކަމުގައި އިންސާނީ ޙައްޤުތަކަށް އިޙުތިރާމުކުރުމާއި، އަސާސީ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތް ވަޅުޖެހި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމަކީ ވަރިހަމަކޮށްލެވޭ، އާދައިގެ ކަމަކަށް ވެގެންދިޔަ ކަމަށެވެ.

ބަޔާނުގައިވަނީ އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގެ ޒިންމާއާއެކު، ޤާނޫނުއަސާސީއިން އުފަންކުރުވި މުސްތަޤިއްލު ކޮމިޝަންތަކުން ވަނީ އެ ކޮމިޝަންތައް އުފެއްދި ބޭނުން އޮޅޭ މިންވަރަށް އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުޑަކޮށްފައި ކަމަށެވެ. އެގޮތުން އެޗްއާރުސީއެމަށް ހުށަހެޅުނު އެތައް ޝަކުވާތަކެއް ނިމިގެން ދިޔައީ އަސާސީ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ ޢަމަލު ހިންގި ފަރާތްތަކުގެ މަސްލަޙަތުގައި ކަމަށެވެ.

Advertisement

އެމްއާރުއެމް އިން ބުނީ އެ ޕާޓީގެ ލީޑަރުންނާއި، ގިނަ ޢަދަދެއްގެ ސިޔާސީ ފަރާތްތަކަށް ޖަލުގައި ދެމުންދިޔަ ލާއިންސާނީ އަނިޔާއާއި، ބޭއިންސާފު ޝަރީޢަތްތަކާމެދު އުފުލަމުންދިޔަ ޝަކުވާތަކަށް ހިއުމަންރައިޓްސް ކޮމިޝަނުން އަޅާނުލާ އޮތީ ވަކި ބައެއްގެ ސިޔާސީ މަސްލަޙަތު ނެގެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންކަމުން، ހިއުމަންރައިޓްސް ކޮމިޝަންއިން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި، އިހްމާލުތަކުގެ މައްސަލަތައް ބަލައި، ޙައްޤުތައް ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމަށް އެމްއާރުއެމް އިން ބުނެފައިވާއިރު އިތުރަށް އެޕާޓީއިން ނެރުނު ބަޔާނުގައި ވަނީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، އެފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހްމާލުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވެފައި އޮތްއޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް