Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 19:22
މި ބިލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި
މި ބިލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި
ގޫގުލް
ނަފްސާނީ ފަރުވާ
ނަފްސާނީ ފަރުވާއަށް ދައުލަތުން ޚަރަދު ކުރަން ލާޒިމު ކުރާ ބިލެއް އެކުލަވާލައިފި
ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއް
ބިލްގެ ބޭނުމަކީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން
މި ސަރުކާރުން ވަނީ ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދާފައި

ނަފްސާނީ ފަރުވާއަށް ދައުލަތުން ޚަރަދު ކުރަން ލާޒިމު ކުރާ ބިލެއް އެކުލަވާލައިފިއެވެ.

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ދައުލަތުގެ ޚަރަދުގައި ފަރުވާދިނުމަށް ލާޒިމުކޮށް، ނަފްސާނީ ފަރުވާގެ ނިޒާމު ޤާއިމު ކުރުމަށްޓަކާ ނަފްސާނީ ޞިއްޙަތުގެ ބިލު އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކާ، ތައްޔާރު ކުރި އެ ބިލާ ގުޅޭ ގޮތުން އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ބިލަކީ ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމަޢު އަހުލުވެރިކޮށް، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ބިލުގައި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާގުޅޭ އުޞޫލުތައް ބަޔާންކުރުމާއެކު، ނަފްސާނީ ބަލީގެ ފަރުވާ އާއި އެފަދަ ފަރުވާއާގުޅޭ ޚީދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުޞޫލުތައް ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

Advertisement

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭގައި ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ ސަރުކާރުގައި ޞިއްޙި އިހުމާލުވުމާއި، މެންޓަލް ހެލްތުގެ ޤާނޫނީ އއޮނިގަނޑެއް އެމަނިކުފާނުގެ ވެރިކަމުގައި އެކުލަވާލައްވާނެ ކަމަށެވެ.

ނަފްސާނީ ޞިއްޙަތުގެ ބިލުގެ އިތުރުން، ތަޢުލީމުގެ ބިލަކާއި، މަތީ ތަޢުލީމުގެ ބިލަކާއި، އެއްމެދު ޢިމާރާތުގެ ބިލެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެޓަރނީ ޖެނަރަލް އޮފީހުން ވަނީ ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 24 ބިލެއް ވަނީ ތަޞްދީޤު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް