Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 14:23
ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
މަޖިލިސް 2019
ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ކުރީގެ ރައީސުންގެ އިނާޔަތް ހުކުމް ތަންފީޒްކޮށް ނިމެންދެން ކެނޑިގެންދާގޮތަށް ފާސްކޮށްފި
ބިލް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމްއަބްދުލް ހަކީމް
ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން

ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާގެ އިނާޔަތް، ހުކުމް ތަންފީޒްކުރަމުންދާ މުއްދަތަށް ކެނޑިގެންދާގޮތަށް ކުރީގެ ރައީސުންގެ އިނާޔަތާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރުއަބްދުލް ޝަހީމްއަބްދުލް ހަކީމް ހުށަހެޅުއްވި މި ބިލް ފާސްކޮށްފައިވަނީ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.

މި ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިންނެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހެޅި އިސްލާހެކެވެ.

ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާޙު ވެގެން ދިއުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ. އަދި އިނާޔަތް ކެނޑިގެންދާނީ އެ ހުކުމެއް ތަންފީޒްކޮށް ނިމެންދެންނެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި، އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް