Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 12:50
މިނިސްޓަރ ފައްޔާޒް އަދި އިންފޮމޭޝަން ކޮމިޝަނަރ
މިނިސްޓަރ ފައްޔާޒް އަދި އިންފޮމޭޝަން ކޮމިޝަނަރ
ޔޫސުފް ސޮފްވާން ރަޝީދު
މިނިސްޓަރ ފައްޔާޒް
ފިޔާޒަށް މިނިސްޓަރ ފައްޔާޒުގެ ރައްދު: ރިޕޯޓުތައް ހުށައެޅިން، ތިއީ އޮޅުމެއް
އެމްޑީޕީން ހުރިހާ ރިޕޯޓެއްވެސް ހުށަހެޅިން
އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ އެހެން ވިދާޅުވީ އޮޅިގެން ނޫންކަމަށް
އެކަމާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނަން

މިހާތަނަށް އެމްޑިޕީން ވާނީ ހުށަހަޅަންޖެހޭ ހުރިހާ ރިޕޯތުތަކެއް ހުށައަޅާފައިކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިންފޮމޭޝަން ކޮމިޝަނަރަށް ހުސެން ފިޔާޒް މޫސާއަށް ރައްދު ދެއްވައިފިއެވެ.

Advertisement

މާއްދާ 29 އިފްތިތާހުކުރުމަށް ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ހަފްލާގައިި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ވަނީ ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ރިޕޯތު ހުށަހަޅާފައި ނުވާކަމަށާއި އެމްޑީޕީން ވެސް ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދުދެއްވާ މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެމްޑީޕީން ހުރިހާ ރިޕޯޓެއްވެސް ޙުށަހަޅައިފައިވާނެކަމަށް ކަށަވަރުކޮށްދޭކަމަށާއި އިންފޮމޭޝަން ކޮމިޝަނަރަށް އޮޅިވަޑައިގަތީ ކަމަށް ވެދާނެ ކަމަށެވެ.

އަޅުގަނޑު އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވި އެއްޗަކަށް ކުޑަކުޑަ ރައްދެއް ދޭން ބޭނުންވޭ. އެއީ އަޅުގަނޑަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރަކަށް ވެފައި، ވިދާޅުވި ޕާޓީ ފަރާތުން ރިޕޯޓު ހުށަހަޅާފައި ނުވާކަމަށް. އަޅުގަނޑަށް ހީވަނީ އެއީ ކުޑަކޮށް އޮޅުމެއްހެން. މިހާހިސާބަށް ހުށަހަޅަންޖެހޭ ހުރިހާ ރިޕޯޓުތަކެއް އެމްޑީޕީގެ ފަރާތުން ވާނީ ހުށަހަޅާފައި. އެހެންވީމައި އެކަން ހަމަ ފާހަގަކޮށްލީ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒި ވިދާޅުވީ އެމްޑީޕީން ވާނީ ހުރިހާ ރިޕޯޓެއްވެސް ހުށަހަޅަންޖެހޭ އިދާރާތަކާއި ހިއްސާކޮށްފައިކަމަށެވެ. އަދި ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނަށް އެ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާނެކަމަށް ޝިފާޒު ވިދާޅުވިއެވެ.

މިކަމަށް އިންފޮމޭޝަން ކޮމިޝަނަރަ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަސްމިއްޔާތުގައި ދެއްކިވާހަކައިގައި އެއްވެސް އޮޅުމެއް ނުވަތަ އިތުރުފުޅެއް ހައްދަވާފައި ނޯންނާނެކަމަށާއި އެ މައުލޫމާތުތައް ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
2 ޑިސެންބަރ 2019 | ހޯމަ 16:42
ޔައުގޫބު
އިކޮނޮމިކް މިނިސްޓަރަށް ޝުކުރު އަދާކުރަން!