ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ޕްރޮގްރާމްތަކެއް ހިންގަން ލިމްކޮކްވިންގް ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ލަންޑަންގައި ހުންނަ މެލޭޝިއާގެ ލިމްކޮމް ޔުނިވާސިޓީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ލިމްކޮކްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރައީސްގެ ދަރިކަނބަލުން އަދި ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަރީ މާރީ ލިމްއެވެ.
މި އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ދިވެހިން ނެރެން ތަމްރީން ދިނުމާއި އެއްކޮށް ފަންޑުކޮށްދޭ ސްކޮލަޝިޕްތަކާއި އެއްބައި ފަންޑުކޮށްގެން ކިޔަވާނެ ފުރުސަތުތައް ހިމެނޭ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމު ތަކަށް ދިވެހިން ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުގައި ތިބި ރަނގަޅު ދިވެހި ޒުވާނުން އިތުރަށް ތަމްރީން ބޭނުންވާ ކަމަށާއި، މި އެއްބަސްވުމުން އެ ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ.