Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 12:36
ބްރިޖްގައި އެކްސިޑެންޓެއް ހިނގައިގެން
ބްރިޖްގައި އެކްސިޑެންޓެއް ހިނގައިގެން
ޕޮލިސް
ޓްރެފިކް
މާލޭގައި މިދިޔަ ހަފްތާ ހިނގި އެކްސިޑެންޓް އޭގެ ކުރީ ހަފްތާއަށް ވުރެ މަދު
ފާއިތުވި ހަފްތާ މާލޭގައި ހިނގީ 41 އެކްސިޑެންޓް
ފާއިތުވި ހަފްތާ 763 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވޭ

މާލޭގައި މިދިޔަ ހަފުތާ ހިނގި އެކްސިޑެންޓް އޭގެ ކުރީ ހަފުތާއަށްވުރެ ދަށަށް ގޮސްފައިވާކަން ފުލުހުން ހާމަކުރާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފުތާއަކު އެއް ފަހަރު ފުލުހުން ހާމަކުރާ ތަފާސްހިސާބުތަކުގެ ތެރެއިން ނިމިގެންދިޔަ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އޮކްޓޯބަރ މަހުގެ 19 ން 25 ށް މާލޭގައި ހިނގާފައިވަނީ 41 އެކްސިޑެންޓެވެ. އޭގެ ކުރީ ހަފުތާގައި މާލޭގައި 44 އެކްސިޑެންޓް ހިނގާފައިވެ އެވެ.

ފާއިތުވި ހަފުތާގައި 11 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. މީގެއިތުރުން ފާއިތުވި ހަފުތާގައި 819 އުޅަނދެއް ފުލުހުން ޗެކްކޮށްފައިވާއިރު ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން 763 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވެ އެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ނިމިގެން ދިޔަ ހަފުތާގައި 48 ވެހިކަލެއް ޓޯކޮށްފައިވެ އެވެ. އޭގެކުރީ ހަފުތާގައި ފުލުހުން ޓޯކޮށްފައިވަނީ 130 އުޅަނދެކެވެ.

Advertisement

މީގެއިތުރުން ފާއިތުވި ހަފުތާގައި ލައިސަންސްނެތި ދުއްވި 111 މީހަކު ހިފަހައްޓާފައިވެ އެވެ. އޭގެކުރީ ހަފުތާގައި ލައިސަންސް ނެތި ހިފަހައްޓާފައިވަނީ 113 މީހެކެވެ. ލައިސަންސް ކާޑު ނެތި ވެހިކަލް ދުއްވި 53 މީހަކު ވަނީ ހިފަހައްޓާފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފާއިތުވި ހަފުތާގައި ހެލްމެޓް ނާޅާ އުޅަނދު ދުއްވި 11 މީހަކަށް ނަޞޭހަތްދީފައިވެ އެވެ. އޭގެކުރީ ހަފުތާގައި ހެލްމެޓް ނާޅައިގެން ނަޞޭހަތްދީފައިވަނީ 18 މީހަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް