Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 20:28
މާލެ އެނެކްސް ޖަލު 1
މާލެ އެނެކްސް ޖަލު 1
ގޫގުލް
ހިއުމަން ރައިޓްސް ކޮމިޝަން
48 ގަޑިއިރުތެރޭ ރިމާންޑު ޖަލުގައި ތިބި ގައިދީން އެހެންތަނަކަށް ބަދަލުކުރަން އެޗްއާރުސީއެމުން އަންގައިފި
ޖަލު ބަންދުކުރުމަށް އަންގާފައިވަނީ އޭޕްރީލް 11 ވަނަ ދުވަހު
ޖަލުގައި 25 ގައިދީއަކު އެބަތިބި

މާލެޖަލު އެނެކްސް (ރިމާންޑު ޖަލު) ގައި ތިބި ގައިދީން 48 ގަޑިއިރު ތެރޭގައި ރައްކާތެރި މަހައުލަކަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަރެކްޝަނަލް ސާވީސް އަށް އަންގައިފިއެވެ.

އެޗްއާރްސީއެމް އިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، މާލޭ ޖަލު ބަންދުކުރުމަށް އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށެވެ. އެ ޖަލު ބަންދުކޮށްފައިވާ ކަމަށް އޭޕްރީލް މަހުގެ 15 ދުވަހު ކަރެކްޝަނުން ބުނެފައިވިޔަސް، ހޯމަ ދުވަހު މާލެ ޖަލަށް ކުރި ޒިޔާރަތުގައި އެ ތަނުގައި 25 ގައިދީއަކު ބަންދުކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

Advertisement

ކުރީގެ ހާލަތަށްވުރެ އެތަނުގެ ހާލަތުގެ ދަށްކަން ފާހަގަކުރަމުން ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނީ، ޖަލުގެ ގޮޅިތަކުގެ ތެރޭގައި ބާވެފައިވާ ދަނގަޑާއި ކުދި ހިލަ ގޯންޏާއި އަދި ހިރަފުސްބޯވެފައި ހުރުމާއި، ގޮޅިތައް ސާފުތާހިރު ނޫންކަމަށް ފާހަގަވެފައިވާ ކަމަށެވެ.

އެހެން ކަމުން އެކަން ހިނގާފައިވާ ގޮތަށް ބަލައި، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި، ހިއުމަން ރައިޓްސް ގާނޫނުގެ 20 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަސައްކަތްކޮށް ހައްލެއް ލިބިފައިނުވާތީ، 26 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަށް އަމަލު ކުރުމަކީ ދިވެހި ރައްޔިތުންގެ މައްޗަށާއި، ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް އެ ގާނޫނު ލާޒިމުކުރާ ކަމެއް ކަމަށް ބަޔާންކޮށްފައިވާތީ، އަންގާރަ ދުވަހުން ފެށިގެން 48 ގަޑިއިރު ތެރޭ މާލެ އެނެކްސް ޖަލުގައި އެއްވެސް މީހަކު ބަންދުނުކުރުމަށް އެޗްއާރުސީއެމުން ވަނީ އަންގާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް