Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 17:19
ތިން ކާރު އެކްސިޑެންޓް ވެފައި
ތިން ކާރު އެކްސިޑެންޓް ވެފައި
ފޭސްބުކް
ހައިވޭ އެކްސިޑެންޓް
ތިން ކާރެއް ޖެހި ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި
މީހަކަށް އަނިޔާވި ކަމެއް އެނގިފައެއް ނެތް

މާލެ އިން ހުޅުމާލެ ދުއްވާފައި ދިޔަ ކާރެއް ކުއްލިއަކަށް މަޑުކުރުމުން ފަހަތުން އައި ދެކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާ ހިނގީ އަންގާރަ ދުވަހު މެންދުރު ހުޅުމާލެއަށް ދިޔަ ކާރެއް ހައިވޭގައި ކުއްލިއަކަށް މަޑު ކުރުމުން ފަހަތުން އައި ދެކާރު ކޮންޓްރޯލް ނުވެގެން ގޮސް ޖެހިގެންނެވެ.

Advertisement

އެކާރު މަޑުކުރީ، ހައިވޭގައި މަސައްކަތް ކުރަން ޖަހާފައިވާ ކޯންއެއް ވަޔާ ކާރާއި ދިމާލަށް ދިޔުމުންނެވެ. އެ އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާ ކަމަށް އެނގިފައި ނުވެއެވެ. އެހެން ނަމަވެސް ފަހަތުން އައި ކާރުތަކަށް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވެއެވެ. ފުލުހުން ބުނީ، ތިން ކާރު ޑްރައިވަރުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް