Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 17:56
މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން
މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސީއެސްސީގެ މުއައްޒަފުންނަށް މުސާރަ ލިބޭގޮތަށް އެއްމަހުގެ ޚާއްސަ ޗުއްޓީއެއް
އަލިފާނުގެ ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައި
އެހާދިސާގައި އެކަކު ވަނީ ނިޔާވެފައި

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މުއައްޒަފުންނަށް މުސާރަ ލިބޭގޮތަށް އެއް މަހުގެ ޚާއްސަ ޗުއްޓީއެއް ލިބޭނެގޮތް ހަމަޖައްސައިފިއެވެ.

ސީއެސްސީއިން ނެރުނު ސަރކިއުލާގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވެފައިވާ މުއައްޒަފުން އާންމު ހާލަތަށް ބަދަލުވުމަށްމަގުފަހި ކުރުވުމަށްޓަކައި އެ ކޮމިޝަނުން ޚާއްސަ 30 ދުވަހުގެ ޗުއްޓީއެއް އާދީއްތަ ދުވަހުން ފެށިގެން ދީފައިވާ ކަމަށެވެ.

Advertisement

ސީއެސްސީއިން ބުނީ އެ ތިރީސް ދުވަހަކީ ޚާއްސަ 30 ދުވަހުގެ ޗުއްޓީއެއް ކަމަށާއި އޭގެތެރޭގައި އަހަރީ ޗުއްޓީ ނުހިމެނޭނެ ކަމަށެވެ. އަދި އެކޮމިޝަނުގެ މުއައްޒަފުން މަސައްކަތްކުރާ އިދާރާއަށް ޗުއްޓީއަށް އެދި ހުށައެޅުމުން ހަމަޖެހިގެންދާނެކަމަށް ވަނީ ބުނެފައެވެ.

ހުކުރު ދުވަހުގެރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ. އެހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް