Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 14:16
އުރީދޫގެ އިސް ފަރާތްތަކެއް
އުރީދޫގެ އިސް ފަރާތްތަކެއް
އުރީދޫ
އުރީދޫ
އުރީދޫގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭގޮތް ހަދައިދީފި
ވައިބަރ އަދި ޓްވިޓަރއަށްވެސް ޑޭޓާ ޗާޖެއް ނުކުރޭ
ހޮނިހިރު ދުވަހު ކުރާ އެއްވެސް ކޯލަކަށް ޗާޖު ނުކުރާނެ

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން، މުވާސަލާތު ކުރުމުގެ އެހީތެރިވެދިނުމުގެ ގޮތުން އުރީދޫގެ ހުރިހާ ނަމްބަރުތަކަކަށް ހިލޭގުޅޭ ގޮތް ހަދައިދީފިއެވެ.

Advertisement

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އުރީދޫއިން ވަނީ ވައިބަރ މެދުވެރިކޮށް ކުރާ ކޯލްތަކާއި މެސެޖުތަކަށް ވެސް ޑޭޓާ ޗާޖު ނުކުރާ ގޮތަށް ހަމަޖައްސާފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު މައުލޫމާތު ލިބިގަތުމުގައި ލުއިފަސޭހަތަކެއް ހޯދައި ދިނުމުގެ ޓްވިޓަރ ބޭނުންކުރުމަށް ވެސް އެއްވެސް ޑޭޓާއެއް ޗާޖު ނުކުރާނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

ހުކުރު ދުވަހުގެ ރޭގަނޑު 19:15 ހާއިރު ރޯވި އަލިފާންގަނޑު ރޯވާން މެދުވެރިވީ، ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ހިނގި ގޮވުމަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މި ހާދިސާގައި ހަތަރު ގުދަނެއްގައި ރޯވެ، ހަ ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

މި ހިތާމަވެރި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. އެއީ ކެމިކަލް ގުދަން ކުރިމައްޗަށް ހުރި، ހ.ރަދުވާނީއާގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ ތ.ބުރުންޏަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އައިޝަތު ޝައުނާއެވެ. ހޮނިހިރު ދުވަހުގެ މެންދުރު ނަމާދަށް ފަހު އެ މަރުހޫމާގެ މައްޗަށް ކަށު ނަމާދުކޮށް، މިހާރު ވަނީ ވަޅުލާފައެވެ.

Advertisement

Advertisement
- ކޮމެންޓް