Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 21:50
ދުމުގެ އަސަރު ކުރާ ހިސާބަށް އާންމުން ނުދިޔުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ
ދުމުގެ އަސަރު ކުރާ ހިސާބަށް އާންމުން ނުދިޔުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ
ޝުއައިބް މުހައްމަދު އިގްބާލް
އަލިފާނުގެ ހާދިސާ
ދުމުގެ އަސަރު ކުރާ ސަރަހައްދަށް އާންމުން ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ދުމުގެ އަސަރު ކުރާ ސަރަހައްދަށް ނުދިއުމް މުހިންމު
ހިތާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުނަށް ދުމުގެ އަސަރުކޮށްފިނަމަ ނުރައްކާތެރި ވާނެ
ދުމުގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ކެއްސުން، ލޯރަތްވެ ފެން އައުން، ނޭވާލާން އުނދަގޫވުން އަދި އަޑު ދިއުން ހިމެނެ

އަބަދަށްފެހި މަގުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާއާއި ގުޅިގެން ފެތުރެމުންދާ ދުމުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

Advertisement

އެޗްޕީއޭއިން ވަނީ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ ފަރާއްތަށް ދުމުގެ އަސަރު ކުރާ ސަރަހްއްދުން ދުރުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ދުމުގެ އަސަރު ކޮށްފި ނަމަ ނުރައްކާތެރިވެދާނެ ކަމަށާއި އެފަދަ ފަރާތްތަކުން މި ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.

ދުމުގެ އަސަރު ކުރާ ހިސާބުގެ ގޭގޭގައި ދިރިއުޅޭ ފަރާތްތަކުން ގޭތެރެޔަށް ދުން ނުނަވަންނާނެހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާ ދުމުގެ އަސަރު ކުރާ ހިސާބަށް އާންމުން ނުދިޔުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ދުމުގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ކެއްސުން، ލޯރަތްވެ ފެން އައުން، ނޭވާލާން އުނދަގޫވުން އަދި އަޑު ދިއުން ހިމެނެއެވެ.

އަލިފާނުގެ އަސަރުކޮށް ފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ވަނީ ހަމޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް