ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 20:02
އަލިފާންގަނޑު ރޯވެ ފެތުރެނީ
އަލިފާންގަނޑު ރޯވެ ފެތުރެނީ
އަލިފާން
މާލޭ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ
އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން
ރޯވެފައިވަނީ ފެހިއާބާދު ކިޔާ ގެއެއްގައި
އެއްވެސް މީހަކަށް ހާނިކައެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބޭ

މާލޭ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ އެހިސާބުގަނޑު ގެތަކަށް އަލިފާން ފެތުރެން ފަށައިފިއެވެ.

އަލިފާން ހިފާފައިވަނީ އަބަދަށް ފެހިމަގުގައި ހުރި ގުނދަނެއްގައެވެ. އެމްއެންޑީއެފުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ދުމުގެ އަސަރު އެ ސަރަހައްދުގައި ހުރި ގެތަކަށް ވަނީ އަސަރުކޮށްފައެވެ. އަލިފާން ރޯވިގަޑީގައި އެ އިމާރަތު ތެރޭގައި މީހުން ތިބި ކަމެއް ނުވަތަ ނެތްކަމުގެ މައުލޫމާތ މިހާތަނަށް ލިބިފައެއްނުވެއެވެ.

އެ ގެތަކުގައި ތިބި މީހުން ވަގުތީ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދުމުގެ އަސަރުކޮށްގެން 14 މީހަކަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

އެމްއެންޑީއެފުން ބުނީ، ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ވެފައިވާ ކަމަށާއި، އެހެން ނަމަވެސް އަލިފާން އެއްކޮށް އަދިވެސް ނިއްވައެއް ނުލެވެއެވެ. އެ ސަރަހައްދުތަކުގައި މީހުން އެއް ނުވުމަށް ނެޝަނަލް ހެލްތް ޕްރޮޓެކްޝަން ޔުނިޓް ( އެޗްޕީއޭ) ވަނީ އާއްމުނަށް އިލްތިމާސް ކޮށްފައެވެ.

- ކޮމެންޓް
20 ސެޕްޓެންބަރ 2019 | ހުކުރު 22:08
ދެރަމީހާ
ކޮން ބައެއް މަރުވީ؟