Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 12:53
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ސޯޝަލް މީޑިއާ
ތިމާވެށި- މޫސުމަށް އަންނަ ބަދަލުތައް
މޫސުމަށް އަންނަ ބަދަލުތަކަށް ޤުދުރަތީ ގޮތުން ގެނެވެން ހުރި ހައްލުތަކަށްވެސް އިސްކަންދޭންޖެހޭ: ރައީސް ނަޝީދު
"ފޮސިލް ފިއުލް" ބޭނުން ކުރުން ހުއްޓާލުމުގެ އިތުރުން، ޤުދުރަތީ ހައްލު ގެނެވޭނެ
ޖަންގަލިތައް ރައްކާތެރިކޮށް ގަސްއިންދުން ފަދަ ކަންކަން ކުރެވިދާނެ
ބައެއް ސަރަހައްދުތައް ރާއްޖޭގައިވެސް ވަނީ ދާދި ފަހުން ހިމާޔަތް ކޮށްފަވޭ

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޤުދުރަތީ ގޮތުން ގެނެވެން ހުރި ހައްލުތަކަށްވެސް އިސްކަންދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި "ފޮސިލް ފިއުލް" ބޭނުން ކުރުން ހުއްޓާލުމުގެ އިތުރުން، ޤުދުރަތީ ގޮތުން ގެނެވެން ހުރި ހައްލުތަކަށްވެސް އިސްކަންދޭންޖެހޭ ކަމަށެވެ.

Advertisement

އެގޮތުން ފަރުތަކާއި ކުޅިތައް ހިމާޔަތް ކުރުމާއި، ޖަންގަލިތައް ރައްކާތެރިކޮށް ގަސްއިންދުން ފަދަ ކަންކަމަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ސިފަ ކުރައްވާފައެވެ. އެގޮތުން 2009 ވަނަ އަހަރު ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާކަމަށް އިއުލާން ކުރުމުން އެއީ މޮޔަ ކަމެއްކަމުގައި އޭރު ގިނަ ބަޔަކު ހީކުރި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޤުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަކަށް ބަލައި ބައެއް ސަރަހައްދުތައް ރާއްޖޭގައިވެސް ވަނީ ދާދި ފަހުން ހިމާޔަތް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް