Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 12:59
އއ.އުކުޅަސް
އއ.އުކުޅަސް
ގޫގުލް
އއ.އުކުޅަސް
އުކުޅަހުގެ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި
114 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވޭ
13 އޮކްޓޫބަރުގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

އއ.އުކުޅަހުގެ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އުކުޅަހު ކައުންސިލުން ބުނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދުގައި ހިމެނޭ ބައިތަކުގެ ތެރެއިން ހައުސިންގ ޔުނިޓް އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން އުކުޅަހުގައި 114 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ދިރިއުޅުމަށް ގެ އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި، ގޯތީގައި ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން 13 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ކައުންސިލަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

Advertisement

ކައުންސިލުން ބުނީ މިކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް އެއިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ރަސްމީ ގަޑީގައި އިދާރާގެ ކައުންޓަރުން ފޯމް ދޫކުރަމުން ދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
20 ސެޕްޓެންބަރ 2019 | ހުކުރު 13:39
ބަދަލުކޮށްލަންވީ!
ވެކޭޝަން އައިލެންޑް އަކަށް ބަދަލުކޮށްލަންވީ!