ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ކުދި އަދި މެދު ފަންތީގެ (އެސްއެމްއީ) ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ދިވެހިރާއްޖޭގައިކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު، ކުދި އަދި މެދު ފަންތީގެ (ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް – އެސް.އެމް.އީ) ވިޔަފާރީތަކަށް އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިނިންމުމާއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން ދޫކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސް ގަތުމުގެ ލައިސަންސް އަލުން ދޫކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިހާރު ވާނީ އިއާދަކޮށްފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް (19 މާޗް 2020ގެ ނިޔަލަށް)، ލޯކަލައިޒް ކޮށްފައިވާ ކަލެކްޓަރ ބޯޓުފަހަރަށާއި ޝޯބޭސްޑް ފެސިލިޓީތަކަށް މަސް ގަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓްކުރުމަށް ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަސް ގަތުމަށް ބޭނުންނާ ލައިސަންސް ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ފޯމް ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބޭނެ ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.