Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 12:54
އޭޝިއާ ޕެސިފިކް ޖޮއިންޓް ރީޖަނަލް ސޯޗަލް ވޯކް ކޮންފަރެންސްގެ ތެރެއިން
އޭޝިއާ ޕެސިފިކް ޖޮއިންޓް ރީޖަނަލް ސޯޗަލް ވޯކް ކޮންފަރެންސްގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
އޭޝިއާ ޕެސިފިކް ޖޮއިންޓް ރީޖަނަލް ސޯޗަލް ވޯކް ކޮން
އޭޝިއާ ޕެސިފިކް ކޮންފަރެންސްގައި ޖެންޑަރ މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެއްޖެ
ކޮންފަރެންސް ބޭއްވޭނީ ސެޕްޓެމްބަރު މަހުގެ 18 އިން 20 ގެ ނިޔަލަށް
ކޮންފަރެންސްގައި ގާތްގަނޑަކަށް 30 ގައުމުން ބައިވެރިވޭ
މި ކޮންފަރެންސަކީ ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވަމުންގެންދާ ކޮންފަރެންސެއް

25 ވަނަ އޭޝިއާ ޕެސިފިކް ޖޮއިންޓް ރީޖަނަލް ސޯޗަލް ވޯކް ކޮންފަރެންސް ގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު އާއި މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ.

Advertisement

އިންޑިއާގެ ބެންގަލޫރުގައި ބޭއްވޭ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް އިޖްތިމާއީ ފެންވަރުގައި މަސައްކަތް ކުރުމެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވޭނީ ސެޕްޓެމްބަރު މަހުގެ 18 އިން 20 ގެ ނިޔަލަށެވެ. އެގޮތުން، މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދެވޭކަމަށް ފާހަގަކޮށްލެވޭ މި ކޮންފަރެންސަކީ ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވަމުންގެންދާ ކޮންފަރެންސެކެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގައި ގާތްގަނޑަކަށް 30 ގައުމުން ބައިވެރިވާ މި ކޮންފަރެންސްގައި 1000 އަށްވުރެ ގިނަ ތަޖުރިބާކާރު އިޖްތިމާއީ މަސައްކަތްތެރިންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ދަރިވަރުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް