Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 00:00
ހަމަނުޖެހުން ހިންގި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި
ހަމަނުޖެހުން ހިންގި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި
ޕޮލިސް
ހަމަނުޖެހުން ހިންގުން
ހަމަނުޖެހުން ހިންގައި އިހުސާން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފި
މިމައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން

އިހުސާން ފިހާރައަށް ދިޔަ މީހަކު ހަމަ ނުޖެހުން ހިންގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހުރި އިހުސާން ފިހާރައަށް ދިޔަ މީހަކު ހަމަ ނުޖެހުން ހިންގައި އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ 20:53 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

Advertisement

ފޮޓޯތަކުން ފެންނަ ގޮތުގައި ހަމަނުޖެހުން ހިންގި ފިރިހެން މީހާގެ އަތް ވަނީ ކަފައިގެން ގޮސްފައެވެ. އަދި އެސަރަހައްދުގައި ލޭ ވެސް ހުއްޓެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
23 ސެޕްޓެންބަރ 2019 | ހޯމަ 12:10
އިބުރާހީމް ޢަލީ
މީހަކު ހައްޔަރެއް ނުކުރެޔޯ، ދެން ކާކުތަ ބިޑި އަޅުވާފަ އެހެރީ..