Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 00:30
މަސައްކަތު ބައްދަލުވުމުގެ ތެރެއިން
މަސައްކަތު ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތު ބައްދަލުވުން ބާއްވައިފި
ގައުމީ ފެންވަރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ދަނީ މަސައްކަތް ކުރަމުން
50 ސިއްހީ ހިދުމަތްތެރިން މި ބައްދަލުވުމުގައި ބައިވެރިވި

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުން ބާއްވައިފިއެވެ.

މިމަހުގެ 17 ން 19 އަށް ބޭއްވި ބައްލުވުމާ ބެހޭ ގޮތުން ހެލްތް މިނިސްޓްރީން ބުނީ ގައިންގަޔަށް ނާރާ ބަލިތަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާގުޅިގެންޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައްޔާއި، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކިއެކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލޭގައި ބޭއްވިގެން ދިޔަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުން އަމާޒުކުރެވިފައިވަނީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ހެލްތް ވޯކަރުން، މެނޭޖަރުން އަދި ޑޮކްޓަރުންނަށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުންނާއި މާލޭ ސަރަހައްދުގެ ސިއްހީ ހިދުމަތްދޭ ބައެއްތަންތަން ހިމެނޭހެން ޖުމްލަ 50 ސިއްހީ ހިދުމަތްތެރިން މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

Advertisement

މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި، ގައިނަގަޔަށް ނާރާ ބަލިތަކާ އެބަލިތަކުގެ ހިރާސްތައް މަދުކުރުމަށް ހިންގަންޖެހޭ ހަރަކާތަތަކާ، ހޮސްޕިޓަލުތަކާ ސިއްހީ މަރުކަޒުގެ ފެންވަރުގައި އަދި ޖަމާއަތުގެ ބައިވެރިވުމާ އެއްބާރުލުމާއެކުން ކުރަން ލަފާދެވޭ ކަންކަމާ ބެހޭ އެންމެފަހުގެ ފަންނީ މައުލޫމާތުތަކާ ހުނަރުތައް ކިޔައިދީ، އެހެން ގައުމުތަކުގެ ތަޖްރިބާ ހިއްސާކޮށް، މިކަންކަން އަމަލީގޮތުން ހިންގުމަށް ބައިވެރިން އަހުލުވެރިކުރުވިފައިވާ ކަމަށެވެ.

މިބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި، ސިއްހީ މަރުކަޒުތައް އިސްކޮށް ހިންގުމަށް އަލަށް ހަވާލުވި ބައެއް ފަރާތްތައްވެސް ހިމެނޭތީ، މި ފަދަ މައުލޫމާތުތަކަށް އެފަރާތްތައް އަހުލުވެރިކުރުމަކީ، އެ މަރުކަޒުތަކުން ކުރިއަށްގެންދާ ކަންކަން ހަރުދަނާވެ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގެ އާބާދީގެ މިހާރުގެ ހާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ މީހުންނަކީ ގައިންގަޔަށްނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 މެއި 2021 | ހޯމަ 18:35
އާމިން
ގައިންގައިންނާރާ ބަލިތަކަކީ ކޮބައިކަންވެސް ބުނެދީފަ އިން ނަމަ
24 މެއި 2021 | ހޯމަ 18:34
އާމިން
ގައިންގަޔަށް ނާރާބަލިތަކުގެ މާނަ ކިޔާދިންނަމަ